ރާއްޖޭގެ އިޤްތިޞާދުގައި މިއަދު ނުނިވި ހުރި އިންޖީނަކީ މަސްވެރިންގެ އިންޖީނުކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ސަލީމް ވިދާޅުވީ "ދިވެހިންގެ ރަންބިސްއަޅާ ކުކުޅު ލޯމަތިން ކުއްލިޔަކަށް ގެއްލިގެން ދިޔަ މި ދަނޑިވަޅުގައި، މަސްވެރިން ކަނޑުތަކަށް ނިކުމެ އެކުރާ ހިތްވަރަކީ ސާބަސް ޙައްޤު ހިތްވަރެއް" ކަމަށެވެ.
މަސްވެރިން މިއަދު ބާނާމަހުން އެންމެ މަހެއްވެސް ބާކީނުވެ ކިރޭނޭ މަގު މިއަދު ފަހިވާން ޖެހޭކަން ފާހަގަ ކުރައްވަމުން ސަލީމް ވިދާޅުވީ، ކުރިއަށްއޮތް ތިންމަސް ދުވަހަށް މަސް ގަނެވޭނެ އެންމެ ދަށްއަގު ސަރުކާރުން ކަނޑައަޅައި މަހަށް ހަމައަގު ލިބޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސަން ޖެހޭނެ ކަމަށެވެ. އަދި މަހުގެ އަގު ދަށްކޮށްގެން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކޯވިޑް-19 ގެ ސަބަބުން ޞިއްޙީ ގޮންޖެހުމުގެ އިތުރުން، މާލީ ގޮންޖެހުމާއި، އިޤްތިޞާދީ ގޮންޖެހުން ކުރިމަތިވެފައިވާކަން ފާހަގަ ކުރައްވާ މެމްބަރު ސަލީމް ވިދާޅުވީ، "ޤައުމުގެ އިޤްތިޞާދުގައި ފައިސާ ދައުރުވުން ނިކަމެތިވިޔަ ނުދިނުމަށް ސަރުކާރަށް ކުރެވޭނެ އެންމެ މުހިއްމު ކަމަކީ، އަމިއްލަ މީހުންގެ ބިލްތަކަށް ފައިސާ ލިބޭނެ އަވަސް މަގެއް ތަނަވަސް ކުރެއްވުން" ކަމަށެވެ.
ދަޢުލަތަށް ދައްކަންޖެހޭ ޓެކުހާއި، ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުން ނަގާކުއްޔަށްވެސް ލުޔެއްދެއްވަން ޖެހޭ ކަމަށާއި، ރާއްޖޭގެ ޓޫރިޒަމް ހުއްޓިއްޖެނަމަ ވިހިހާހެއްހާ މީހުންގެ ވަޒީފާ ގެއްލޭނެކަމަށް ސަލީމް ވިދާޅުވިއެވެ. އަދި މިކަމުގެ އަސަރު އެއްލައްކަ މީހުންނަށް ކުރާނެކަމަށް ލަފާކުރައްވާ ކަމަށާއި، އެހެންކަމުން ސަރުކާރުން ދެއްވާ 2.5 ބިލިއަން ރުފިޔާގެ އެހީތެރިކަން ވީހާވެސް ދެފުށްފެންނަ ގޮތަކަށް ދެއްވުމުގެ މުހިއްމުކަން ސަލީމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ސަލީމްގެ ވާހަކައިގައި ކޯވިޑް-19 އާ ދެކޮޅަށް އެންމެ ކުރީސަފުގައި މަސައްކަތްކުރައްވާ ޞިއްޙީ ޚިދުމަތްތެރިންގެ މަސައްކަތަކީ ޝުކުރުގެ ބަހަކުން އަގުވަޒަންކުރެވޭވަރަށްވުރެ ބޮޑު މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު