މަާލޭ ލޯކަލް މާރުކޭޓް
މަާލޭ ލޯކަލް މާރުކޭޓް
މާލޭގެ މާރުކޭޓްތައް ހަވީރު ހަތަރެއްގެ ފަހުން ބަންދު ކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އާއި ގުޅިގެން އެޗްޕީއޭ އިން ނެރެފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން، މާލޭގައި ހިމެނޭ އެކައުންސިލްގެ ބެލުމުގެ ދަށުގައިވާ މާރުކޭޓްތަކުން ޚިދުމަތް ދޭ ގަޑިތަކަށް މާދަމާ އިން ފެށިގެން ބަދަލު ގެނެސްފައިވާ ކަމަށެވެ.

މިގޮތުން މާލޭ ލޯކަލް މާރުކޭޓާއި، ދަތުރުވެރިންގެ މާރުކޭޓާއި، މަސްމާރުކޭޓާއި، ވިލިމާލެ ލޯކަލްމާރުކޭޓް މާދަމާއިން ފެށިގެން ހުޅުވާފައި ހުންނާނީ ހެނދުނު 6:00 ން ހަވީރު 16:00 އަށެވެ.

މާލޭސިޓީ ކައުންސިލުން ވަނީ މާރުކޭޓު ގޮޅިތައް ހިންގާ ފަރާތްތަކުންނާއި އަދި މާރުކޭޓުން ވިޔަފާރި ކުރާ މީހުން، އިޢުލާނުގައިވާ ގަޑިތަކާ އެއްގޮތަށް އަމަލު ކުރުމަށް އެދިފައެވެ.

އެޗްޕީއޭއިން މިހާރުވަނީ މާލޭގެ ވިޔަފާރިތައްވެސް ރޭގަނޑު 11:00 އިން ހެނދުނު 6:00 އާއި ދެމެދުގެ ވަގުތުތަކުގައި ހުޅުވުން މަނާކޮށްފައެވެ. އަދި ކާބޯތަކެތި ޓޭކްއަވޭ ގެ ޚިދުމަތްދޭ ހޮޓާ، ކެފޭ ފަދަ ތަންތަނުގެ ޚިދުމަތްވެސް ރޭގަނޑު 12:00 އިން ހެނދުނު 6:00 އަށް ހުއްޓާލުމަށް އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން