ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްްޤައްޔޫމް
ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްްޤައްޔޫމް
މިބިރުވެރި ބަލި ރާއްޖޭގައި ފެތުރުނަ ނުދިނުމަށްޓަކާ ސަރުކާރުގެ އެންގުންތަކަށް އެންމެން ބޯލަނބަން ޖެހޭ ކަމުގައި ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އަޅުގަނޑުމެން ކިތަންމެ ނޭދުނަސް ކޯވިޑް-19 ރާއްޖެއަތުވެއްޖެ" ކަމަށެވެ. މިބިރުވެރި ބަލި ރާއްޖޭގައި ފެތުރުނަ ނުދިނުމަށްޓަކާ ސަރުކާރުގެ އެންގުންތަކަށް އެންމެން ބޯލަންބަން ޖެހޭނެކަމުގައި ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން އިތުރަށް ވިދާޅުވީ މި ރޯގާބަލިމަޑުކަމުން ސަލާމަތް ވުމަށް ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކަށް ބޯލެނބުމުގައި އެއްވެސް ފަރާތެއް އިސްތިސްނާއެއް ނެތި ކުރަން ޖެހޭނެ ކަމެކެވެ.

"އޭރުން މާތް ﷲ ގެ ވާގިފުޅާއެކު ސަލާމަތް ވެވިދާނެ." ސަރުކާރުގެ ކޯލިޝަންގައިވެސް ހިމެނިވަޑައިގަންނަވާ އެމްއާރްއެމްގެ ލީޑަރ ރައީސް މައުމޫން ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑް-19 އިތުރަށް ފެތުރިދާނެ ކަމުގެ ބިރު އޮތުމުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބަލިން ރައްކާތެރިވެ ބަލި ފެތުރުނަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކޮށްފައެވެ. އެގޮތުން މާލެ ސަރަހައްދުގައި ހިމެނޭ މާލެއާއި ވިލިމާލެއާއި ހުޅުމާލޭގައި މާދަމާއިން ފެށިގެން ކޮންމެ ދުވަހަކުވެސް ތިން ގަޑިއިރަށް ކާފިއު ހިންގާ ގޮތަށް މިހާރުވަނީ ނިންމާފައެވެ. އެގޮތުން ހަވީރު 5:00 އިން ފެށިގެން ރޭނގަޑު 8:00 އާއި ދެމެދު މަގުމައްޗަށް މީހުން ނުކުމެ އުޅުމާއި ދުއްވާއެއްޗެހި މަގުމަތީގައި ދުއްވުންވެސް ވަނީ މަނާކޮށްފައެވެ. މީގެއިތުރުން މިނޫން ގަޑިތަކުގައިވެސް ތިން މީހުންނަށް ވުރެ ގިނައިން އެކީގައި އެއްތަނަކަށް އެއްވެ ތިބުމަކީވެސް މަނާކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން