ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކޯވިޑް-19 އަށް ޓެސްޓު ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ވަނީ، އެމަނިކުފާން ކޯވިޑް-19 އަށް ޓެސްޓް ކުރެއްވި މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އެ އިދާރާގެ ރަސްމީ ޓްވިޓަރ އެކައުންޓުން ޙިއްސާކޮށްފައެވެ.
އެމަނިކުފާން ކޯވިޑް-19 އަށް ޓެސްޓު ކުރައްވަން ޖެހިވަޑައިގަތީ، މާރޗް މަހުގެ 14 އިން 19 ވަނަ ދުވަހާ ދެމެދު އިނގިރޭސިވިލާތުން ރާއްޖެ އައި އެންމެން އަދި އެމީހުންނާއި ކޮންޓެކްޓްވީ މީހުން ކޯވިޑް-19 އަށް ޓެސްޓުކުރަން އެޗްޕީއޭ އިން ނިންމުމާއި ގުޅިގެންނެވެ.
ރާއްޖޭގައި މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވް ވި ހަތަރު ދިވެހީންނަކީވެސް އިނގިރޭސި ވިލާތުން ރާއްޖެއައިސް ކަރަންޓީނުގައި ތިބި މީހުންނެވެ.
ރައީސް ނަޝީދު ހުސްވި މާރޗް މަހުގެ 11 އިން 14 އަށް އިނގިރޭސިވިލާތަށް ދަތުރުފުޅެއް ކުރެއްވިއެވެ. ރައީސް ނަޝީދު އެދަތުރުފުޅު ކުރެއްވި ދުވަސްވަރު އިނގިރޭސިވިލާތުން ރާއްޖެ އަންނަ އެންމެން ކޯވިޑް-19 އަށް ޓެސްޓެއް ނުކުރެއެވެ.
ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ހަށިކޮޅުން ކޯވިޑް-19 ގެ އެއްވެސް އަލާމާތެއް އަދި ފެނިވަޑައި ނުގަންނަވާ ކަމަށެވެ. މީގެއިތުރުން އެމަނިކުފާން މިއަދު ކޯވިޑް-19 އަށް ޓެސްޓް ކުރައްވާފައިވާއިރު އެމަނިކުފާނުވަނީ އެފަދަ މީހަކާއި ގުޅުމެއް ހުރި ކޮންމެ ބޭފުޅަކުވެސް އަމިއްލަފުޅަށް ޓެސްޓް ކުރެއްވުމަކީ އެންމެ ރަނގަޅު އަދި އެންމެ ރައްކާތެރި ގޮތް ކަމުގައި ވިދާޅުވެ އެކަމަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު #ކޮވިޑް19 އަށް ޓެސްޓު ކުރައްވައިފި pic.twitter.com/JOAX8I9sLZ
— People's Majlis (@mvpeoplesmajlis) April 1, 2020
ރައީސް ނަޝީދު ހުސްވި މާރޗް މަހުގެ 11 އިން 14 އަށް އިނގިރޭސިވިލާތަށް ދަތުރުފުޅެއް ކުރެއްވިއެވެ. ރައީސް ނަޝީދު އެދަތުރުފުޅު ކުރެއްވި ދުވަސްވަރު އިނގިރޭސިވިލާތުން ރާއްޖެ އަންނަ އެންމެން ކޯވިޑް-19 އަށް ޓެސްޓެއް ނުކުރެއެވެ.
ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ހަށިކޮޅުން ކޯވިޑް-19 ގެ އެއްވެސް އަލާމާތެއް އަދި ފެނިވަޑައި ނުގަންނަވާ ކަމަށެވެ. މީގެއިތުރުން އެމަނިކުފާން މިއަދު ކޯވިޑް-19 އަށް ޓެސްޓް ކުރައްވާފައިވާއިރު އެމަނިކުފާނުވަނީ އެފަދަ މީހަކާއި ގުޅުމެއް ހުރި ކޮންމެ ބޭފުޅަކުވެސް އަމިއްލަފުޅަށް ޓެސްޓް ކުރެއްވުމަކީ އެންމެ ރަނގަޅު އަދި އެންމެ ރައްކާތެރި ގޮތް ކަމުގައި ވިދާޅުވެ އެކަމަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.
ކިޔުންތެރިންގެ ހިޔާލު