150 އަށް ވުރެ ގިނަ ޕްރޮގްރާމާއި އެކު ވިލާކޮލެޖުގެ ސެޕްޓެމްބަރ އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ވިލާކޮލެޖުގެ ސެޕްޓެމްބަރ އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި މާސްޓަރސް ފެންވަރުގެ 21 ކޯހަކާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އަދި ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް ފެންވަރުގެ 26 ކޯހަކާއި، ޑިގްރީ ފެންވަރުގެ 45 ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ 50 ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ 17 ކޯހަކާއި އަދި ސެޓްފިކެޓް 3 ފެންވަރުގެ 17 ކޯހަކާއި ސެޓްފިކެޓް ލެވެލް 2 ގެ 1 ކޯސް ހިމެނެއެވެ. މިކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކާއި، ޔުނިވަރސިޓީ އޮފް ދި ވެސްޓް އޮފް އިންގްލޭންޑް، މެލޭޝިއާގެ ޔުނިވަރސިޓީ އޮފް ސައިބަރޖާޔާ އަދި ޓޭލަރސް ޔުނިވަރސިޓީގެ ޕްރޮގްރާމްތައް ހިމެނޭކަމަށް ވިލާ ކޮލެޖުން ހާމަކޮށްފައިއެވެ.

ކޯސްތަކާއި ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ވިލާ ކޮލެޖުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތުދެއްވަމުން ވިލާ ކޮލެޖުގެ ވައިސްރެކްޓަރ ޑރ. އަލީ ނަޖީބު ވިދާޅުވިގޮތުގައި މި އަންނަ އިންޓޭކުގައި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި އިންފޮރމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ޓީޗިންގް (ޕްރައިމަރީ، އިސްލާމް، ގުރްޢާން، ދިވެހި، އިނގިރޭސި، ސެކަންޑްރީ ބިޒްނަސް ސަބްޖެކްޓްސް، ސެކަންޑަރީ ސައިންސް މާއްދާ) އެޑިއުކޭޝަން، ޝަރީޢާ، ލޯ، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ، ބިޒްނަސް މެނޭޖްމަންޓް، އޭވިއޭޝަން މެނޭޖްމެންޓް، އިންޓަނޭޝަނަލް ބިޒްނަސް، އިކޮނޮމިކްސް، މާރކެޓިންގ، އެކައުންޓިންގ އެންޑް ފައިނޭންސް، ބޭންކިންގ އެންޑް ފައިނޭންސް، ހިއުމަން ރިސޯސް، އިންޖިނިއަރިންގް (މެކޭނިކަލް، އިލެކްޓްރިކަލް، މެކަޓްރޯނިކްސް، ސިވިލް އިންޖިނައރިންގ) ރިސާރޗް، ނަރސިންގ، ސައިކޮލޮޖީ، ޕަބްލިކް ހެލްތު އަދި އިންޓީރިއަ އާކިޓެކްޗާ އެންޑް ޑިޒައިން، ހެލްތު ސާރވިސަސް މެނޭޖްނަންޓް، ޕްރޮޖެކްޓް މެނޭޖްމަންޓް، މާސް ކޮމިއުނިކޭޝަން، ސައިކޮލޮޖީ، ކައުންސެލިން އަދި ކަލިނަރީ އާރޓްސްގެ ދާއިރާ ހިމެނެއެވެ.

މި ދާއިރާތަކުން ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓަރސް ލެވެލްގެ ޕްރޮގްރާމްތައް ހިމެނިފައިވާނެކަމަށް ވިލާ ކޮލެޖުގެ ވައިސްރެކްޓަރ ޑރ. އަލީ ނަޖީބު ވިދާޅުވިއެވެ.

ވިލާކޮލެޖުން ހިންގާ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ އިންޖިނިއަރިންގ ޕްރޮގްރާމްތަކަކީ އިނގިރޭސިވިލާތުގެ ޕޯރޓްސްމޯތު ޔުނިވާރސީޓީއިން ވެލިޑޭޓް ކުރެވިފައިވާ ޕްރޮގްރާމްތަކެކެވެ. މި ވެލިޑޭޝަންގެ ދަށުން ވިލާ ކޮލެޖުން ފުރަތަމަ ތިން އަހަރު ނިންމާ ދަރިވަރުންގެ ތެރެއިން އިނގިރޭސިވިލާތުގެ ޕޯރޓްސްމޯތު ޔުނިވާރސީޓީ އިން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެ ޔުނިވަރސިޓީގެ ޑިގްރީގެ ފަހު އަހަރުގައި ބައިވެރިވެވޭނެ ކަމުގައި ވިލާ ކޮލެޖުން ހާމަކޮށްފައިވެއެވެ. އަދި ދެއަހަރު ނިންމާ ދަރިވަރުންނަށް އެ ޔުނިވަރސިޓީގެ 3 ވަނަ އަހަރުގައި ބައިވެރިވެވޭނެކަމަށް ވިލާކޮލެޖުން ބުނެއެވެ.

ވިލާކޮލެޖުން ހިންގާ މާސްޓަރ އޮފް ކްލިނިކަލް ސައިކޮލޮޖީ ޕްރޮގްރާމަކީ މެލޭޝިއާގެ ސައިބަރޖާޔާ ޔުނިވަރސިޓީގެ ޕްރޮގްރާމެކެވެ. ވިލާކޮލެޖުން މާސްކޮމިއުނިކޭޝަން، ކަލިނަރީ މެނޭޖްމަންޓް، އަދި ހޮސްޕިޓަލިޓީ މެނޭޖްމަންޓް ގެ ދާއިރާއިން ހުޅުވާލެވިފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި މެލޭޝިއާގެ ޓެއިލަރސް ޔުނިވަރސިޓީގެ ޕްރޮގްރާމްތައް ހިމެނިފައިފާ އިރު، ޔުނިވަސިޓީ އޮފް ވެސްޓް އޮފް ދި އިންގްލޭންޑްގެ ޑިގްރީ ފެންވަރާއި މާސްޓަރސް ފެންވަރުގެ ޖުމްލަ 15 ޕްރޮގްރާމްވެސް ހިމެނިފައިވެއެވެ. ޓެއިލަރސް ޔުނިވަރިސިޓީގެ ޕްރޮގްރާމްތަކަކީ ވެސް ދަރިވަރުން ބޭނުންވެއްޖެ ހިނދެއްގައި ޕްރޮގްރާމްގެ ބައެއް ވިލާ ކޮލެޖުގައި ފުރިހަމަ ކުރުމަށް ފަހު ބާކީ ބައި މެލޭޝިއާގެ ޓެއިލަރސް ޔުނިވަރސިޓީގައި ފުރިހަމަ ކުރެވޭނެ އިންތިޒާމް ހަމަޖަހިފައިވާ ޕްރޮގްރާމް ތަކެކެވެ.

މީގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ) ގެ ޤައުމީ ސެޓްފިކެޓް 4 ގެ ކޯހަކާއި ސެޓްފިކެޓް 3 ގެ 10 ކޯހަކަށް ވަނުމުގެ ފުރުސަތުވެސް ވިލާކޮލެޖުން ވަނީ ހުޅުވާލާފައި އެވެ. ނޭޝަނަލް ސެޓްފިކެޓް ލެވެލް 3 ގެ ކޯސްތަކުގެ ތެރޭގައި ހައުސްކީޕިންގ، ރިޒަރވޭޝަން އެންޑް ޓިކެޓިންގ، ވޯޓަރ ސްޕޯޓްސް، ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވޯކިންގ، ލައިފްގާޑިންގ، މެނޭޖްމަންޓް، އެއަރޕޯޓް ރެޕްރެޒެންޓޭޓިވް ސާވިސަސް، ކެޝިއަރިންގ، ޓުއާ ގައިޑިންގ، އިލެކްޓްރިކަލް އިންސްޓޯލްމަންޓް އެންޑް މެއިންޓެނަންސް ހިމެނެއެވެ. އަދި ޤައުމީ ސެޓްފިކެޓް ލެވެލް 4 ގައި ހިމެނޭ ކޯސްތަކުގެ ތެރޭގައި އިލެކްޓްރިކަލް އިންސްޓޯލްމަންޓް އެންޑް މެއިންޓެނަންސް ހިމެނެއެވެ.

ސެޕްޓެމްބަރ މަހު ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ ވިލާކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކުގެ ތެރެއިން އިންޖިނިއަރިންގ، ޓީޗިންގ، ނާރސިންގ އަދި ފާރމަސީ ދާއިރާގެ ކޯސްތައް ފިޔަވާ ހުރިހާ ކޯހެއް އޮންލައިންކޮށް ހެދުމުގެ ފުރުސަތުވެސް ވިލާކޮލެޖުން ވަނީ ހުޅުވާލާފައެވެ.

ވިލާ ކޮލެޖުން މަޢުލޫމާތު ދިން ގޮތުގައި، އެކޮލެޖުގެ ކޯސްތައް މާލޭގައި ހުންނަ ކިއު.އައި. ކެމްޕަހުގެ އިތުރުން ވިލާކޮލެޖް ނައިފަރު ކެމްޕަސް، ވިލާކޮލެޖް ގަން ކެމްޕަސް، ވިލާކޮލެޖް މަހިބަދޫ ކެމްޕަސް، ވިލާކޮލެޖް ހިތަދޫ ކެމްޕަސް އަދި ވިލާކޮލެޖް ކުޅުދުއްފުށީ ކެމްޕަހުގައި ވެސް ކުރިއަށް ދާނެ އެވެ.

ވިލާ ކޮލެޖުގެ ކޯސްތަކަށް ފީ ދެއްކުމުގެ ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެ ބޭނުމުގައި މަހުންމަހަށް އިންސްޓޯލްމަންޓަށް ފީ ދެއްކުމުގެ ފުރުސަތު ވެސް ދަރިވަރުންނަށް ލިބިގެންދާނެކަމަށް ވިލާ ކޮލެޖުން ހާމަކޮށްފައިވެއެވެ. އަދި، ސަރުކާރުން ހަމަޖައްސާފައިވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން ވިލާ ކޮލެޖުގެ ހުރިހާ ބެޗެލަރސް ޑިގްރީ ޕްރޮގްރާމްތަކަށް ކިޔެވޭނެ އިންތިޒާމުވެސް ކޮލެޖުން ވަނީ ފަހިކޮށްދީފައެވެ.



މިއަދު ވިލާކޮލެޖުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަލީ ނަޖީބު ވިދާޅުވީ ވިލާ ކޮލެޖުގެ އެންމެ ބޮޑު ފޯކަސްއަކީ ވިލާކޮޖުން ހިންގާ ޕްރޮގްރާމަތަކަކީ ފެންވަރުގެ ގޮތުން ދުނިޔޭގެ ރަގަޅު ޔުނިވަރސިޓީތަކުގައިވެސް ހިންގާ ފެންވަރުގެ ޕްރޮގްރާމްތަކެއްކަން ކަށަވަރުކުރުމާއި އެ ފެންވަރު ދެމެހެއްޓުމަށް އަމާޒުކުރައްވާކަމަށެވެ. މިގޮތުން ތަޢުލީމާއި ސީދާ ގުޅުންހުރި ވަސީލަތްތައް ޤާއިމުކުރުމާއި، ދަރިވަރުންގެ ދުޅަހެޔޮކަމާއި ގުޅޭ ވަސީލަތްތައް ޤާއިމުކުރުމާއި، ކިޔަވައިދެއްވާ ބޭފުޅުންނާއި ކިޔަވައިދެވޭ ކޮންޓެންޓްގެ ފެންވަރު ހިފެހެއްޓުމަކީ ވިލާ ކޮލެޖުން އެންމެ ސަމާލުކަން ދެއްވާ ކަންތައްތައްކަމަށް ޑރ. ނަޖީބު އިތުރަށް ވިދާޅުވިއެވެ.

ވިލާ ކޮލެޖުންވަނީ، އެންމެ ފުޅާދާއިރާއެއްގައި ދުނިޔޭގެ ޔުނިވަރސީޓި ތަކުގެ ފެންވަރު ވަޒަން ކުރާ އެއް ސިސްޓަމް ކަމަށްވާ ކިއު.އެސް ރޭޓިނގްގައި އެކްސެލެންސަށް ރޭޓް ކުރެވި ތިން ދާއިރާއަކުން 5 ތަރީގެ ދަރަޖައިގައި ރޭޓް ކުރެވިފައެވެ. އޭގެ ތެރޭގައި އެމްޕްލޯޔަބިލިޓީ، އޮންލައި ލާރރނިން އަދި އެންވަޔަރަމަންޓަލް އިމްޕެކްޓް ހިމެނެއެވެ. ވިލާ ކޮލެޖަކީ ކިއު.އެސް ރޭޓިންގގައި ރޭޓް ކުރެވިފައިވާ ރާއްޖޭގެ ހަމައެކަނި އިންސްޓިޓިއުޓެވެ.

ވިލާ ކޮލެޖުގެ ސެޕްޓެމްބަރ އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމަށް ބޭނުންވާ ދަރިވަރުންނަށް ފަސޭހަކަމާއެކު އޮންލައިންކޮށް އެޕްލައިކޮށް އަދި އެޕްލިކޭޝަންގެ ސްޓޭޓަސް މިހާރު ޗެކް ކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން އެޕްލައި ކުރާ ދަރިވަރުންނަށް ތިން ދުވަހާއި ފަސް ދުވަހުގެ ތެރޭގައި އެޕްލިކޭޝަން ފޯމްގެ ޖަވާބު ލިބޭނޭ ކަމުގެ ޔަގީން ކަން ވިލާ ކޮލެޖުން ދެއެވެ.

ވިލާ ކޮލެޖުގެ ސެޕްޓެމްބަރ އިންޓޭކްގައި ބައިވެރިވާން އެދޭ ފަރާތްތަކުން ފޯމް ހުށަހެޅޭނީ އޮގަސްޓް 1 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން