އިނގިރޭސިވިލާތުން އައި މީހުންގެ ސާމްޕަލް ނަގަން ފެށުމުން މީހުންގެ ފޮޓޯ ޖަހައިގެން ހަގީގަތް އޮޅުވާލަން ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން ހާމަކޮށްފިއެވެ.
ކޯވިޑް-19 ޓާސްކްފޯސްގެ ތަރުޖަމާނު މަބްރޫކް ޢަޒީޒް ވިދާޅުވީ ސަރުކާރުގެ އިސްވެރިންގެ އާއިލާތަކާ ގުޅުވައިގެން ފަތުރަމުން ގެންދަނީ ދޮގު ޚަބަރުތަކެއް ކަމަށެވެ. ބައްޔަށް ޓެސްޓް ކުރުމުގައި އެއްވެސް މީހަކު އިސްތިސްނާ ނުވާނެ ކަމަށާއި، މާރޗް 14 އިން 18 ގެ ނިޔަލަށް އިނގިރޭސިވިލާތުން މާލެއަށް އައި 45 މީހެއްގެ ސާމްޕަލް މިހާރު ނަގާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި 19 ވަނަ ދުވަހުން ފެށިގެން އިނގިރޭސިވިލާތުން އައި ހުރިހާ މީހުން ތިބީ ކަރަންޓީނުގައި ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވްވި 4 ދިވެހިންނަކީވެސް އިނގިރޭސި ވިލާތުން ރާއްޖެ އައި މީހުންނެވެ. މިއެންމެންވެސް ތިބީ އެކަހެރިކޮށް ކަރަންޓީން ފެސިޓީތަކުގައެވެ.

ކިޔުންތެރިންގެ ހިޔާލު