ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް އައިސްފައިވާ ހީނަރު ކަމުގެ ސަބަބުން ޤައުމީ އުފެއްދުންތެރިކަން މިއަހަރު 5.7 ޕަސެންޓަށް ދަށްވާނެ ކަމަށް މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ކޯވިޑް-19 އާ ގުޅޭ މަޢުލޫމާތު ހާމަކުރުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ 2020 ވަނަ އަހަރުގެ ބަޖެޓުގައި އޮތީ ޤައުމީ އުފެއްދުންތެރިކަން މިއަހަރު އިތުރުވާނެ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު 1.7 މިލިއަން ފަތުރުވެރިން އައި ނަމަވެސް މިއަހަރު ޓޫރިސްޓު އެރައިވަލް ވެސް 50.37 ޕަސެންޓަށް ދަށްވާނެ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
ކޯވިޑް-19 އާ ގުޅިގެން ސަރުކާރަށް ލިބޭ އާމްދަނީ ވެސް ދަނީ ދަށަށް ކަމަށާއި، ހިލޭ އެޙީއާއި ޓެކްސް ހިމަނައިގެން މިއަހަރު 30 ބިލިއަން ލިބޭނެ ކަމަށްމިހާރު ލަފާކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން މިއަހަރު ނިމޭއިރު 12 ބިލިއަނުގެ ޑެފިސިޓެއް އޮންނާނެ ކަމަށް މިހާރު ބެލެވޭ ކަމުގައި މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު