ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ހުއްޓާނުލާ ކުރިއަށް ގެންދިއުމަކީ އަދިވެސް ސަރުކާރުގެ އަމާޒެއް ކަމަށް މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިއަހަރު ޢާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރި މިންވަރަށް އާމްދަނީ ނުލިބޭނެތީ މިހާރު ސަރުކާރުން އަމާޒުހިފާފައިވަނީ އެއް ބިލިއަން ރުފިޔާއަށް ވުރެ އިތުރު އެއްޗެއް ރިކަރަންޓް ޚަރަދުތަކުން މަދުކުރުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ބަޖެޓުން ހަރަދުކުރަމުން މިގެންދަނީ މިހާރު ވަރަށް ކޮންޓްރޯލްކޮށްގެން. އިތުރަށް ހަރަދުކުރާނަމަ ފިނޭންސް މިނިސްޓްރީއަށް އެކަން އެނގިގެން ކުރަން ޖެހޭނީ.. މި ދިމާވި ހާލަތަކީ އިގްތިސާދީ ގޮތުން ޑައިވާސް ކުރުމަށް އައި ފުރުޞަތެއް ކަމަށް ވެސް ބަލަން ޖެހޭ. އެއްވެސް ބަޔަކު ހިތަކަށް ނާރާނެ ދުނިޔޭގެ އިގްތިސާދު މިގޮތަށް އިނދަޖެހޭނެ ކަމަށް." މާލީ ވަޒީރު އަމީރު މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު