ޑޭޓާ ބްރީޗްތަކާއި ސައިބަރ ތުރެޓްތައް ބޮޑުވެފައިވާ މި ޑިޖިޓަލް ޒަމާނުގައި މައުލޫމާތު ނިޒާމުތައް ރައްކާތެރި ކުރުމަށް ހުނަރުވެރި ޕްރޮފެޝަނަލުންގެ ބޭނުންތެރިކަން ވަރަށްވެސް ބޮޑެވެ. ޑިޖިޓަލީ ކުރިމަތިވާ ގޮންޖެހުން ތަކާއި ނުރައްކާތަކާ ދެކޮޅަށް ތައްޔާރުވުމުގެ ގޮތުން ސައިރިކްސް ކޮލެޖުން ހިންގާ މާސްޓާ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ އިން ސައިބަރ ސެކިއުރިޓީ (އެމްއައިޓީސީއެސް) އަކީ އޮންލައިންކޮށް ކުރިމަތިވާ އެކި ގޮންޖެހުން ތަކާއި ނުރައްކާތަކުން ސަލާމަތްވެ، ދިފާއު ކުރުމުގެ ތަޖުރިބާ ދަރިވަރުންނަށް ލިބިދޭ ޕްރޮގްރާމެކެވެ.

އެމްއައިޓީސީއެސްގެ ކަރިކިއުލަމް

ސައިރިކްސް ކޮލެޖް އެމްއައިޓީސީއެސް ޕްރޮގްރާމްގައި މިދާއިރާއިރާއިން ޢިލްމު އުނގެނުމުގެ އިތުރުން ތަޖުރިބާ ހޯދުމުގެ ފުރުސަތުތައް ހިމެނޭ ފުރިހަމަ މަންހަޖެއް ހިމެނެއެވެ. މީގެތެރޭގައި ދަރިވަރުންނަށް ބޭނުންވާ ސެކިއުރިޓީ ކޯޑިންގ ޕްރެކްޓިސްތަކާއި، ނެޓްވޯކް އަދި ވެބް ސެކިއުރިޓީއާއި، ކްރިޕްޓޮގްރަފީގެ ތިއަރީ އަދި ޕްރެކްޓިކަލްސް ހިމެނެއެވެ. އަދި މި ޕްރޮގްރާމްގެ މަންހަޖަށް ބަލާއިރު، ސައިބަރ ސެކިއުރިޓީގެ ޤަވާއިދުތަކަށް ދަރިވަރުން ހޭނުވުމާއި، މިދާއިރާއިން ކުރިއަށްދިޔުމަށް ބޭނުންވާ ތަމްރީނާއި ތައުލީމު ދިނުންވެސް ހިމެނެއެވެ.

މި ޕްރޮގްރާމް މެދުވެރިކޮށް ދަރިވަރުންނަށް ލިބޭނެ ކުރިއެރުން

ސައިރިކްސް ކޮލެޖުގެ އެމްއައިޓީސީއެސް ޕްރޮގްރާމް މެދުވެރިކޮށް ގްރެޖުއޭޓް ވާ ކުދިން ސައިބަރ ތުރެޓްތައް އިވެލުއޭޓްކުރުމާއި، ސެކިއުރިޓީ ކޮންޓްރޯލްތައް އެކުލަވާލުމާއި، ޑޭޓާ ބްރީޗްތަކަށް ސީދާ ރައްދުދިނުމުގެ ގާބިލްކަން ލިބޭނެއެވެ. މި ޕްރޮގްރާމްގެ އިންޓަޑިސިޕްލިނަރީ އެޕްރޯޗްގެ ސަބަބުން ދަސްވެނިވާ ދަރިވަރުން ޓެކްނޮލޮޖީ ދާއިރާގެ މާހިރަކަށް ވުމުގެ އިތުރުން ސައިބަރ ސެކިއުރިޓީގެ ވިޔަފާރިއާއި މިދާއިރާގައި ގާނޫނީ ގޮތުން ހޭލުންތެރި ވެފައިވާ ބަޔަކަށްވުމުގެ ފުރުސަތުވެސް ލިބިގެންދެއެވެ.

ދަސްވެނިވާ ދަރިވަރުންގެ ކުރިއެރުމަށް އޮތް ފުރުސަތު

ސައިބަރ ސެކިއުރިޓީގެ ދާއިރާ އަކީ ބޮޑު ޑިމާންޑެއް އޮތް ދާއިރާއެކެވެ. މިހެން ކަމުން ސައިރިކްސް ކޮލެޖްގެ އެމްއައިޓީސީއެސް ކޯސް ފުރިހަމަ ކުރާ ދަރިވަރުންނަށް ދާއިރާއިން ކުރިއަށް ދިއުމުގެ ފުރުސަތު ވަރަށްވެސް ބޮޑެވެ. މީގެ ތެރޭގައި ސަރުކާރާއި އަސްކަރީ އަދި އަމިއްލަ ފަރާތްތަކުން ސައިބަރ އެޓޭކްތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތް މެނޭޖްކުރުމަށްވެސް ފުރުސަތު ލިބިގެން ދިޔުމަކީ ފާހަގަކޮށްލެވޭނެ ކަމެކެވެ.

ސައިރިކްސް ކޮލެޖް މާސްޓާ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ އިން ސައިބަރ ސެކިއުރިޓީ އަކީ ޑިޖިޓަލް ދާއިރާ ރައްކާތެރި ކުރުމަށް ކުރެވޭ ކޮމިޓްމަންޓެކެވެ.

ސައިރިކްސް ކޮލެޖުގެ ކޯސްތަކާއި ޕޭމަންޓް އޮޕްޝަންތަކާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް 9995870 އަށް ގުޅާލެވޭނެއެވެ. އަދި ކުރިއަށް ފެށުމަށް ތައްޔާރުވަމުންދާ އިންޓޭކްގައި މާސްޓާ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ އިން ސައިބަރ ސެކިއުރިޓީ ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް 27 ޖޫން އާއި ހަމައަށް އެޕްލިކޭޝަން ހުށައެޅުމުގެ ފުރުސަތު ސައިރިކްސް ކޮލެޖުން ވަނީ ހުޅުވާލާފައެވެ. އެކޮލެޖުން މަޢުލޫމާތު ދޭ ގޮތުގައި، މިއަހަރުގެ އޮކްޓޯބަރ މަހުގެ އިންޓޭކްގައިވެސް މާސްޓާ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ އިން ސައިބަރ ސެކިއުރިޓީ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން