ކޯވިޑް-19 ގެ ސަބަބުން ވަޒީފާ ގެއްލޭ ފަރާތްތަކަށް 3 މަސް ދުވަހަށް އެލަވަންސެއް ދިނުމަށް ނިންމާފައިވާ ކަމަށް މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ވަޒީފާ ގެއްލޭ ފަރާތްތައް ރަޖިސްޓްރީ ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި، ޖޮބް ސެންޓަރު މެދުވެރިކޮށް އެންމެހާ ބޭފުޅުންވެސް ރަޖިސްޓްރީވުމަށް ވަޒީރުގެ ވާހަކައިގައި ވަނީ އެދިވަޑައިގެންފައެވެ. ސަރުކާރުން ތަޢާރަފް ކޮށްފައިވާ 2.5 ބިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖުން އެހީތެރިކަން ލިބޭނީ މުވައްޒަފުން ވަޒީފާއިން ވަކިނުކުރާނެ ކަމަށް އެއްބަސްވާ ފަރާތްތަކަށް ކަމަށާއި، ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް އޭޕްރީލް މަހުން ފެށިގެން ތިން މަހަށް އެލަވަންސެއް ދޭން ނިންމާފައިވާކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
ސިޓިމިއުލަސް ޕެކޭޖު ރޭވިފައި އޮތް ގޮތަށް ބަލާއިރު އުއްމީދަކީ އެންމެންގެ ވަޒީފާ ހިމާޔަތްކުރުން ކަމަށާއި، ވަޒީފާ ގެއްލޭ ހާލަތުގައި ކޮންމެވެސް އެހީއެއް ފޯރުކޮށްދިނުމަކީ ވެސް މި ކަމުގެ އެންމެ މުހިންމު އެއް މަޤުޞަދު ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު