އެސްޓީއޯއިން ވިއްކާ ހިޓާޗީ ބްރޭންޑުގެ ހަކަތަރި ލޭބަލް ޖެހި އައިސް އަލަމާރި އަދި ދޮންނަމެޝިނުގައި ހަަަކަތަރި ލޭބަލްޖަހައި ވިއްކަން ފަށައިފިއެވެ.

މިކަން ފެށުމުގެ ގޮތުން މިއަދު އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތު އިފްތިތާހް ކޮއްދެއްވީ އެސްޓީއޯގެ އެމްޑީ ޝިމާާދު އިބްރާހިމް، އަދި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޕާމަނެންޓް ސެކެޓްރީ އަޖުވަދު މުސްތަފާއެވެ.

މިހަފްލާގައި، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އިސްވެރިންނާއި، އެސްޓީއޯގެ އިސް ވެރިންގެ އިތުރުން އެކްރެލިކް ހިޓާޗީ ހޯމް އެޕްލައެންސް ސިންގަޕޯރ ޑިރެކްޓަަރ އޮފް ސޭލްސް ތަރުން ޖެއިން، އަދި އެކްރެލިކް ހިޓާޗީ ހޯމް އެޕްލައެންސް ސިންގަޕޯރ ހެޑް އޮފް ސޭލްސް ޑެނިސް ޗުއާ ބައިވެރިވެވަޑައިގެންނެވިއެވެ.

"ހަކަތަރި" ލޭބަލް އަކީ ކަރަންޓު އާލާތްތައް ހިންގުމަށް ހަކަތަ ހޭދަވާ ނުވަތަ ސަމަކާރަ މިންވަރު ދެނެގަނެވޭނޭ އަދި އަންގައިދޭ ދިވެހި ލޭބަލެކެވެ. ދިރިއުޅުމުގައި ބޭނުންކުރާ ތަފާތު ބާވަތުގެ ކަރަންޓު އާލާތްތައް ހޯދުމުގައި ހަކަތަރި ލޭބަލުގައިވާ މައުލޫމާތުގެ އަލީގައި ސަމަކާރަ ތަކެތި ޚިޔާރުކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް އެސްޓީއޯއިން ބުނެއެވެ.

"ހަކަތަރި" ލޭބަލް އަކީ ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް ބާރު އަޅާ، އެންވަޔަރަމަންޓް މިނިސްޓްރީން ފަށާފައިވާ މަސައްކަތެކެވެ. މި ޕުރޮގުރާމުގެ މަގްސަދަކީ ރާއްޖެއަށް އެތެރެ ކުރާ ކަރަންޓު ސާމާނަކީ ވަކި ފެންވަރެއްގެ، ހާއްސަ މިންގަނޑުތަކަކަށް ފެތޭ ތަކެތިކަން ޔަގީންކޮށް، އާންމުންނަށް އެތަކެތި ވަކިކުރެވޭނެ ނިޒާމެއް ގާއިމްކުރުން ކަމަށެވެ.

2021 ވަނަ އަހަރު ތަޢާރަފު ކުރެވުނު ހަކަތަރި ޕްރޮގްރާމްގައި އެންމެ ފުރަތަމަ ބައިވެރިވި ކުންފުންޏަކީ އެސްޓީއޯ އެވެ. އެސްޓީއޯއަކީ އަބަދުވެސް ތިމާވެއްޓާ ރައްޓެހި، އަދި މުޖްތަމައަށް ފައިދާކުރުވާ ޒަމާނީއާކަންކަން ތައާރަފް ކުރުމުގައި ހާއްސަ އިސްކަމެއްދޭ ކުންފުންޏެކެވެ. އެގޮތުން 12 މެެއި 2022 ގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ބާޒާރަށް ހަކަތަރި ލޭބަލް ޖެހި ހިޓާޗީ އެއަރކޮންޑިޝަނަރ ތަޢާރަފް ކުރެވުނެވެ. އެސްޓީއޯއިން ހަކަތަރި ލޭބަލް ޖެހި އޭ.ސީގެ ތެރޭގައި އެއް ތަރީގެ ރޭޓިންގެ އޭސީތަކަށްވުރެ 42 އިންސައްތަ ކަރަންޓް މަދުން ކަރަންޓު ބޭނުންކުރާ އޭ.ސީތައް ހިމެނެއެވެ.

އަދި މީގެ އިތުރުން ނޮވެމްބަރު 2023 ވަނައަހަރު ހިޓާޗީ ފްރިޖްގެ 14 މޮޑެލްއެއްގައި ހަކަތަރީގެ ލޭބަލް ޖަހާ އިތުރަށް ފުޅާކުރެވިގެންދިޔައެވެ. މި 14 މޮޑެލްގެ ތެރޭގައި ތިން ތަރި އަދި ހަތަރު ތަރީގެ ލޭބަލް ހިމެނެއެވެ. ހަކަތަރި ލޭބަލް ހުންނާނީ އެކަކުން ފެށިގެން ފަހަކާއި ހަމައަށް ދަރަޖަ ގިންތި ކުރެވިފައެވެ. ލޭބަލްގައި ޖަހާފައިވ ާތަރީގެ ނަންބަރު 1 އެއީ، ވަސީލަތް ހިންގުމަށް އެންމެ ގިނައިން ކަރަންޓު ބޭނުންވާ ޕްރޮޑަކްޓްތަކެވެ. އަދި ލޭބަލްގެ ތަރީގެ ނަންބަރު މަތިވާ ވަރަކަށް އަންގައިދެނީ، ހިންގުމަށް ކަރަންޓު ބޭނުންކުރާ މިންވަރު މަދުކަމެވެ.

އެސްޓީއޯ އިން ބުނީ ހަކަތަރި ޕްރޮގްރާމްގައި ބައިވެރިވި އެންމެ ބޮޑު އެއް ސަބަބަކީ އެސްޓީއޯ އިން ވިއްކާ މުދަލަކީ ތިމާވެއްޓާ ރަައްޓެހި އަދި ކަރަންޓު ހަރަދު ކުޑަކޮށްްދޭ ކަސްޓަމަރުންނަށް އެކަމުގެ ސަބަބުން މުދާ ބައްލަވާގަންނަވާ އިރު އެ މުދަލަކީ ހަކަތަރި ރޭޓިންގ ޖަހާފައިވާ ކަރަންޓު ހަރަދު ކުޑަކޮށްދޭނެ މުދާ ކަން އަންގައިދިނުމަށްކަމަށެވެ. އަދި މި ކަމުގެ ސަބަބުން ކަސްޓަމަރުންގެ އިތުބާރު ބޮޑުތަނުން އިތުރުވެފައިވާ ކަން ފާހަގަ ކޮށް ކުރިއަށް އޮތް ތަނުގައިވެސް ހިޓާޗީ ބްރޭންޑް ގެ ހަކަތަރި ލޭބަލް ޖެހިފައިވާ އިތުރު ޕްރޮޑަކްޓްސް ތައް މަރކެޓަށް ނެރުމަށް ހަމަޖެހިފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން