ރާއްޖޭގެ އުފެއްދުންތައް ވިއްކާ މާޅޭގެ މާރުކޭޓް
ރާއްޖޭގެ އުފެއްދުންތައް ވިއްކާ މާޅޭގެ މާރުކޭޓް
ނޭޝަނަލް އެގްރިކަލްޗަރ ކުންފުންޏެއް އުފައްދައިގެން ދަނޑުވެރިން ހައްދާ ހުރިހާ އުފެއްދުމެއް ސަރުކާރު ހިއްސާވާ ކުންފުންޏެއް މެދުވެރިކޮށް ގަނެވޭނެ އިންތިޒާމެއް ހަމަޖައްސާނެ ކަމުގެ ޔަގީންކަން މާލީ ވަޒީރު އިބްރާހިމް އަމީރު ދެއްވައިފިއެވެ.

މާލީ ވިދާޅުވީ ލޯނުތައް ނަގައިގެން ވެސް މިވަގުތު އޮތީ ދަނޑުވެރިކަން ކުރިއެރުވުން. އަދި މަސްވެރިކަމުގެ ބޮޑު ފައިދާ ނަގަނީ ބޭރުގެ ފަރާތްތަކުން ކަމަށްވާތީ އެކަމަށް ޙައްލެއް ހޯއްދަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން މަސްވެރިކަމުން ލިބޭ ފައިދާ އެންމެ ރަނގަޅު ގޮތުގައި މަސްވެރިންނަށް ލިބޭނެ ގޮތަށް ބައްޓަން ކުރުމަށް މަސައްކަތް ކުރަމުން ދާކަމުގައިވެސް މާލީ ވަޒީރު ވިދާޅުވިއެވެ. ސަރުކާރުގެ މެނިފެސްޓޯގައި އޮތްގޮތަށް ގޭދޮށު މަސް ފެކްޓްރީގެ މަސައްކަތް ވެސް ކުރިއަށް ދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދަނޑުވެރިކަމަށް ޚާއްޞަކޮށް ލޯނު އެބަދެން ޕެކޭޖްގެ ތެރެއިން. ދެން އަޅުގަނޑުމެން ކުރަން މިއުޅޭ ކަމަކީ ރާއްޖޭގައި ހެއްދޭ ހުރިހާ އުފެއްދުމެއް ދަނޑުވެރިން ހައްދާ ހުރިހާ ބާވަތެއް އަޅުގަނޑުމެން ގަންނާނީ. ސަރުކާރުގެ ކުންފުންޏަކުން އެކަން ކުރާނީ.. ދަނޑުވެރިކަން ކުރާ ފަރާތްތަކަށް މިހާރަކު ގެއްލުމެއް ނެތް." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ދަރުބާރު ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަމީރު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތްއޮތުން ބަދަލުކުރުމަކީ އެމްޑީޕީގެ ވައުދެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ މަސްވެރިން ބާނާ މަސް ސަރުކާރުގެ ކުންފުނިތަކުން ގަންނަ އުސޫލުން، ދަނޑުވެރިން ހައްދާ ހުރިހާ ބާވަތެއް ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ގަނެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން