އިންޑިޔާގެ ނިއުދިއްލީގެ މައި އެއާޕޯޓުގެ ޓާމިނަލެއްގެ ފުރާޅު ވެއްޓި ހިނގި ހިތާމަވެރި ހާދިސާ އަކީ އިމާރާތް ކުރުމުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވައު ނުކުރެވި ފަރުވާކުޑަކުރެވިފައިވާ މިންވަރު އޮތް މިންވަރު ހާމަވި ހާދިސާތަކުގެ ތެރެއިން އެންމެ ފަހުގެ ހާދިސާ އެވެ.
އަވައްޓެރި އިންޑިޔާގެ އެންމެ ހަލަބޮލި އެއް އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލެއްގެ ފުރާޅާއި ތަނބުތަކުގެ ބައެއް ހުކުރު ދުވަހުގެ ހެނދުނު ވެއްޓުނެވެ. މި ހާދިސާ ހިނގާފައި ވަނީ ދިއްލީއަށް ބޯކޮށް ވާރޭވެހެމުން ދިޔަ ދުވަސްކޮޅެއްގައި ކަމަށް ވާއިރު މި ހާދިސާގައި އެކަކު މަރުވެ އެތައް ބަޔަކު ވަނީ ޒަހަމްވެފަ އެވެ.
ޓާމިނަލްގެ ފުރާޅު ވެއްޓުމުގެ ސަބަބުން ޓާމިނަލް 1 ގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހުނެވެ. ހަލަބޮލި އެއާޕޯޓެއްގެ ޓާމިނަލްއެއް ވެއްޓި ހިނގި މި ހާދިސާގައި ޓާމިލް ބަންދު ކުރަން ޖެހުމުން އެތައް ހާސް ބައެއްގެ 'ޓްރެވަލް ޕްލޭން' ތަކަށް އަސަރުކޮށްފައިވެ އެވެ.
ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވެރިކަމުގައި ސިނާއީ ދާއިރާގެ ބިޔަ މަޝްރޫއުތައް ހަލުވި ސްޕީޑުގައި ކުރިޔަށް ދާއިރު މިހާރު މިވަނީ މި މަޝްރޫއުތަކުގައި ސަލާމަތާއި ރައްކާތެރިކަމާއި މެދު ސުވާލު އުފެދިފައެވެ. އަދި އުމްރާނީ ތަރައްގީއަށް ހިންގޭ މިފަދަ މަޝްރޫއުތަކުގެ ލިސްޓެއް ހެދި މަސައްކަތުގެ ފެންފަރު ބަލަން ޖެހިފައިވާ ހާލަތަކަށް އައިސްފައެވެ.
މި ހާދިސާ އާއި ގުޅިގެން މި ދާއިރާތަކުގައި މަސައްކަތް ކުރައްވާ އިންޑިޔާގެ ބައެއް ތަޖުރިބާކާރުން ދަނީ މިފަދައިން ހިޔާލުފާޅުކުރަމުންނެވެ. އެގޮތުން ދިއްލީގައި ދިރިއުޅޭ އާކިޓެކްޓެއް ކަމަށްވާ ނަރަޔަން މޫރްތީ އެކަން ތުހުމަތު ކުރީ މަސައްކަތް ކުރުމުގައި ވަރަށް ބޮޑަށް އިހުމާލުވެފައިވާ، ނުވަތަ ގިނައިން ކޮލިޓީ ދަށް ތަކެތި ބޭނުން ކުރުމާއި، "ކޮންމެވެސް ސިޔާސީ މީހަކަށް ކުރިން ނިންމާފައިވާ މަޝްރޫއުތައް އިފްތިތާހު ކުރެވޭނެ ގޮތަށް މަޝްރޫއުތައް ނިމުމާ ދިމާއަށް ފަރުވާކުޑަކޮށް ކޮށްފައިވާ މަސައްކަތެއްގެ" ގޮތުގައެވެ.
ދިއްލީ އެކްސިޑެންޓުގެ އެއް ދުވަސް ކުރިން ރާޖަސްތާނުގެ ޖަބަލްޕޫރު އެއާޕޯޓުގެ ފުރާޅެއްގެ ބައެއްވެސް ވަނީ ވެއްޓިފައެވެ. އަދި ހޮނިހިރު ދުވަހު ގުޖުރާތުގެ ރާޖްކޯޓް އެއާޕޯޓުގެ ފަސިންޖަރުން ނަގާ ސަރަހައްދުގެ ފުރާޅެއްވެސް ވަނީ ވެއްޓިފައިވެ އެވެ.
މީގެއިތުރުން، އިންޑިޔާގެ އިރުމަތީ ސްޓޭޓް ބިހާރުގައި ފާއިތުވި މަހެއްހާ ދުވަސް ތެރޭގައި ހަތަރު ބްރިޖެއް ވެއްޓިފައި ވެއެވެ. މިދިޔަ އަހަރު އިންޑިއާއިން ޖީ20 ސަމިޓް ބާއްވަން ފެށުމުގެ ކުރިން އިފްތިތާހުކުރި މި މަޝްރޫއަކީ 80 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހިންގި މަޝްރޫއެކެވެ.
ބޮޑުވަޒީރު މޯދީގެ އިމާރާތް ކުރުމާއި ތަރައްގީގެ މަޝްރޫޢުތަކުގެ ދަށުން ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ގާތްގަނޑަކަށް 532 ބިލިއަން ޑޮލަރުގެ އާ މަޝްރޫއުތައް ހިންގާނެ ކަމަށް ބޭރުގެ މީޑިޔާ ބްލޫމްބާގް އިކޮނޮމިކްސް އިން ބުނެ އެވެ.
މި މަޝްރޫއުތަކުގެ ރިބަން ކަނޑާ ގިނަ ރަސްމިއްޔާތުތަކެއްގައި މޯދީ ރިޔާސަތު ބަލަހައްޓަވާފައިވާއިރު، އިންޑިއާގެ ބޮޑުވަޒީރު ކަމުގެ ތިން ވަނަ ދައުރު ކާމިޔާބު ކުރެއްވި މިއަހަރުގެ ގައުމީ އިންތިޚާބުގައި އިންފްރާސްޓްރަކްޗާ ޒަމާނީ ކުރުމަކީ އެމަނިކުފާނުގެ ކެމްޕޭންގެ މެނިފެސްޓޯގެ މުހިންމު ބައެކެވެ.
ވޭތުވެދިޔަ ދިހަ އަހަރު ދުވަހަށް ބަލާއިރު، މޯދީގެ ސަރުކާރުން ވަނީ އާ 80 އެއާޕޯޓް އަޅައި، ރޭލު ދަތުރުފަތުރު އަޕްގްރޭޑްކޮށް، ހައިވޭތައް އެތައް ހާސް ކިލޯމީޓަރަކަށް ފުޅާކޮށްފަ އެވެ.
ނަމަވެސް މި މަޝްރޫއުތަކަށް އިންޑިއާގެ އިދިކޮޅު ލީޑަރުންގެ ފާޑުކިޔުންތައްވެސް ވަނީ އަމާޒުވެފައެވެ. އެގޮތުން ހުކުރު ދުވަހުގެ ހާދިސާއާ ގުޅިގެން އެންމެ ފަހުން މޯދީގެ ސަރުކާރަށް ކޮރަޕްޝަންގެ ތުހުމަތު ކުރެއްވި ބޭފުޅުންގެ ތެރޭގައި އިންޑިއާގެ ނޭޝަނަލް ކޮންގްރެސް ޕާޓީގެ ރައީސް މަލިކަރްޖުން ޚަރްގޭވެސް ހިމެނިވަޑައިގަންނަވަ އެވެ.

ކިޔުންތެރިންގެ ހިޔާލު