މާފުށީ ޖަލުގައި ހިންގާ އޮޕަރޭޝަން ބައްލަވާލެއްވުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަޑައިގެންފި އެވެ.

ހޯމް މިނިސްޓްރީން ބުނީ މާފުށީ ޖަލުގައި މިހާރު ހިންގަމުން ދަނީ ގާނޫނާއި ގަވައިދާ ހިލާފަށް ވައްދާފައިވާ ފޯނާއި ޑްރަގްސް އަދި އެހެނިހެން މަނާތަކެތި އަތުލައިގަތުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

އެ އޮޕަރޭޝަން ކުރިއަށް ގެންދަނީ ކަރެކްޝަންސްއާއި ފުލުހުން އަދި އެމްއެންޑީއެފް ގުޅިގެން ކަމަށް ވެސް ހޯމް މިނިސްޓްރީން ބުނެއެވެ.

މާފުށީ ޖަލުގައި ވަރުގަދަ އޮޕަރޭޝަނެއް ކުރިއަށްދާ އިރު ޖަލަށް މަސްތުވާތަކެއްޗާއި އެ ނޫންވެސް މަނާ ތަކެތި ވެއްދުމުގައި ބައިވެރިވި ކަރެކްޝަންސްގެ 18 އޮފިސަރެއްގެ އެކައުންޓަށް 73 މިލިއަން ރުފިޔާ އެކިފަހަރުމަތިން ޖަމާކޮށްފައިވާކަމަށް ހޯމް މިނިސްޓްރީން ނިމިގެން ދިޔަ ހަފްތާގައި ވަނީ ހާމަކޮށްފަ އެވެ.

އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން ދާއިރު ތުހުމަތު ކުރެވޭ ކަރެކްޝަންސްގެ ބައެއް އޮފިސަރުން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

ކަރެކްޝަންސް އޮފިސަރުންނަށް ރިޝްވަތު ދިން މީހުންގެ މައްސަލަތައް ވެސް ބަލައި ގާނޫނު ތަންފީޒުކުރާނެ ކަމަށް ހޯމް މިނިސްޓަރު އިހުސާން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން