މެދުކެނޑުމަކަށް ފަހު ޗައިނާގެ ”ހޮންގކޮންގ އެއާރލައިން“ގެ ދަތުރުތަކެއް ހޫނުމޫސުމާއި ދިމާކޮށް ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި ދަތުދުތައް ރާއްޖެއަށް ކުރަނީ ޗައިނާގެ ހޮންގކޮންގ އިންޓަނޭޝަނަލް އެއާރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓަށެވެ.

މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް، ހަފްތާއަކު 4 ދަތުރު ރާއްޖެއަށް ބާއްވާނެ ކަމަށް އެ އެއާލައިނުން ބުނެއެވެ. މީގެ އިތުރުން ޖުލައި މަހުގެ 21 އިން 25 އޮގަސްޓާއި ދެމެދު ކޮންމެ ދުވަހަކު 1 ދަތުރު ރާއްޖެއަށް ބާއްވާނެ ކަމަށް ވެސް ހޮންގކޮންގ އެއާރލައިނުން ބުނެއެވެ.

ހޮންގކޮންގ އެއާރލައިނުން ފަށާ މި ދަތުރުތަކުގައި އެ އެއާލައިނުން ބޭނުންކުރަނީ އެއާބަސް އޭ330 މަރުކާގެ ބޯޓެވެ.

3 އަހަރުގެ މެދުކެނޑުމަކަށް ފަހު ޗައިނާގެ އައު އަހަރާއި ދިމާކޮށް މި އަހަރުގެ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު ހޮންގކޮންގ އެއާރލައިންގެ ދަތުރުތައް ރާއްޖެއަށް ފެށި ނަމަވެސް އެ ދަތުރުތައް ވަނީ ފެބްރުއަރީ މަހުގެ ތެރޭގައި ހުއްޓާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން