ތުރުކީގެ މެދުތެރޭ މެލިކްގާޒީ ސަރަހައްދުގައި ތިބި ސީރިއާގެ ރެފިއުޖީންނާ ދެކޮޅަށް ހިންގާ ހަމަނުޖެހުންތަކުގައި މިހާތަނަށް 470 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ތުރުކީގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.
ރިޕޯޓްތައް ބުނާގޮތުން ތުރުކީގައި ހަމަނުޖެހުންތައް ފެށިގެން ދިޔައީ އެގައުމުގެ މެދުތެރޭގެ ސިޓީއެއް ކަމަށްވާ ކައިސެރީގައި ސީރިއާގެ 7 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ސީރިއާގެ މީހަކު ތުރުކީގެ ކަމާބެހޭ ފަރާތްތަކުން ހައްޔަރު ކުރުމުންނެވެ.
މި ހާދިސާގެ ހަބަރުތައް އޮންލައިން ޕްލެޓްފޯމްތަކުން ފެތުރުމާއެކު ގިނަ އަދަދެއްގެ ބަޔަކު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް މަގުމައްޗަށް ނުކުމެފައެވެ. އަދި ބައެއް ފަރާތްތަކުން ދަނީ ތުރުކީގައި ތިބި ސީރިޔާގެ ރެފިއުޖީން ވަގުތުން އެގައުމުން ބޭރުކުރުމަށް ގޮވާލަމުންނެވެ. މި ހަމަނުޖެހުންތަކުގައި ތުރުކީގެ ރައްޔިތުން ވަނީ ސީރިއާ އިން ހިންގާ ފިހާރަތަކުގައި ރޯކޮށް، ސީރިއާގެ މީހުން އެގައުމުން ފޮނުވާލުމަށް ޑިމާންޑްކޮށްފަ އެވެ.
މި ހަމަނުޖެހުންތަކުގެ ސަބަބުން ސީރިއާގެ ރައްޔިތުންނަށް ނިސްބަތްވާ ގެތަކާއި މަސައްކަތް ކުރާ ތަންތަނާއި އުޅަނދުތަކަށް ގެއްލުން ލިބުނު ކަމަށް ތުރުކީގެ އިންޓީރިއާ މިނިސްޓަރު އަލީ ޔަރލިކާޔާ ވިދާޅުވި އެވެ.
ތުރުކީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެގައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ވަނީ އެ އަނިޔާވެރިކަން ކުށްވެރިކޮށް، މި ކަންކަމަކީ އެގައުމުގެ އިދިކޮޅު ޕާޓީތަކުން ކުރަމުންދާ ކަންކަން ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
ތުރުކީގައި 3.5 މިލިއަނަށް ވުރެ ގިނަ ސީރިޔާގެ ރައްޔިތުން ރެފިއުޖީންގެ ގޮތުގައި ދިރިއުޅެމުންދެއެވެ.

ކިޔުންތެރިންގެ ހިޔާލު