ކޯވިޑް-19 އާއި ގުޅިގެން ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން ފަސްކުރުމަށް ހުށައެޅުމުގެ ފުރުސަތު މިއަދު ހުޅުވާލާނެ ކަމަށް ބޭންކުން ބުނެފިއެވެ.
ކޯވިޑް-19 އާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ބައްދަލު ވުމުގައި ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް، މުހައްމަދު ސައީދު ވިދާޅުވީ އެބޭންކުން ނަގާފައިވާ ލޯނު ތަކުގެ ތެރެއިން ޕާސަނަލް ލޯނާއި ހައުސިންގ ލޯނު އަދި ވިޔަފާރި ލޯނުތައްވެސް ފަސް ކުރުމަށް އެދި މި ފުރުޞަތުގައި ހުށައެޅޭނެ ކަމަށެވެ.
ސައީދު ވިދާޅުވީ ލޯނުތައް ދެއްކުމަށް ލުއިދެވޭ މި ހަމަސް ދުވަހުގެ ތެރޭގައި ބޭންކަށް އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭނެ ކަމަށެވެ.
"މިމުއްދަތުގައި ނަގާނީ ސިމްޕަލް އިންޓްރަސްޓް. މާނައަކީ އިންޓްރަސްޓްގެ މަައްޗަށް ބޭންކުން އެއްވެސް އިތުރު އިންޓްރަސްޓެއް ނުނަގާނެއޭ." ސައީދު ވިދާޅުވިއެވެ.
ބޭންކުން ބުނީ ލުއި ދެވޭ ހަމަސް ސުވަހަށް ފަހު ވިދިގެން އަންނަ ހަމަސް ދުވަހުގެ ތެރެއިން ކޮންމެ މަހަކު ވެސް ލޯނަށް ދައްކަން ޖެހޭނީ ލޯނު ދައްކަމުން ގެންދާ ނޫނީ ލޯނު ދައްކަން ޖެހޭ އަދަދަށްވުރެ 20 އިންސައްތަ މަދުންނެވެ. މިއީ ވެސް ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތި ހާލަތުގައި ލޯނުތަކަށް ލުއެއް ދިނުމަށް ބޭންކުން ދީފައިވާ ލުއިތަކުގެ ތެރޭގައި ހިމެނިގެން ދެވޭ ލުޔެކެވެ.
ސައީދު ވިދާޅުވީ ލޯނު ދެއްކުން ފަސް ކޮށްދިން ހަމަސް ދުވަހުގެ އިންޓްރަސްޓް ދެއްކުމަށް ވެސް ބޭންކުން ވަނީ ލުއި ގޮތް ތަކެއް ހަމަޖައްސައިދީފައެވެ. އެގޮތުން މި ހަމަސް ދުވަހުގެ އިންޓްރަސްޓް ވެސް ދައްކަން ޖެހޭނީ ލޯނަށް ދައްކަން ޖެހޭ ބާކީ އަދަދުގެ ތެރޭގައި ހިމަނައިގެން ލޯނު ދައްކަން ޖެހޭ މުއްދަތުގައި މަސްތަކަށް ބަހާލައިގެންނެވެ.
ބޭންކުން ބުނީ ލޯން ފަސް ކުރުމަށް އެދުމުގެ ފުރުސަތު މިއަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި މި މުއްދަތުގައި ލޯނު ފަސް ކުރުމަށް އެދޭ ދުވަހުން ފެށިގެން ހަ މަސް ދުވަހުގެ ލުއި ލޯނަށް ލިބޭނެ ކަމުގައި ވެސް ބޭންކުން ބުނެފައި ވެއެވެ.
ބީއެމްއެލްގެ ފަރާތުން ލޯނުތަކަށް ފައިސާ ދެއްކުން ފަސްކުރުމަށް އެދުމަށް މި ހުޅުވަލާ ފުރުސަތުގައި 19 މާރޗުގެ ކުރިން ބޭންކުން ލޯން ނަގާފައިވާ ކޮންމެފަރާތަކަށްވެސް ފުރުސަތު ލިބޭނެ ކަމަށް ބޭންކުން ބުނެފައި ވެއެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވީ، އިސްލާމިކް ފައިނޭންސް ކޯޕަރޭޝަން އިން ބޭންކް އޮފް މޯލްޑިވްސް އަށް 50 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް ހޯދުމުގެ މަސައްކަތް ވަރަށް ބޮޑަށް ކުރިއަށް ގޮސްފައިވާ ކަމަށެވެ. އަދި މިއީ ލޯން އެރޭންޖުމަންޓެއްގެ ދަށުން ދޭ ފެސިލިޓީއެއް ކަމަށާއި، މިއީ ހިލޭ އެހީއެއް ނޫން ކަމަށްވެސް އަމީރު ވިދާޅުވިއެވެ.
ކޯވިޑް-19 އާ ގުޅިގެން ރާއްޖެއަށް އިޤްތިޞާދީ ގޮތުން ކުރިމަތިވަމުންދާ ހީނަރުކަމުގައި ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް މިހާރު ދޭނެ ކަމަށް ބެލެވިފައިވަނީ ބީއެމްއެލް އިންއެވެ.

ކިޔުންތެރިންގެ ހިޔާލު