ހިލަ އުފެދިފައިޥާ ކިޑެނީއެއް.
ހިލަ އުފެދިފައިޥާ ކިޑެނީއެއް.
ޕްލާސްޓިކު ބޭނުންކުރުމަކީ ކިޑްނީގެ އެކި ބަލިތަކަށް މީހާގެ ހަށިގަނޑު ހުށަހެޅިގެންދާ ކަމެއް ކަމަށް ދިރާސާތަކުން ދައްކައެވެ.

ޕްލާސްޓިކަކީ އޭގައި ބީޕީއޭއާއި ޕްތަލެޓްސް އެކުލެވިގެންވާ އެއްޗެކެވެ. މި ދެ މާއްދާއިކީވެސް ހަށިގަނޑަށް ވަރަށް ގެއްލުންހުރި މާއްދާތަކެކެވެ.

ކިޑްނީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު ޕްރަކާޝް ޗަންދްރާ ޝެޓީ ބުނެފައިވަނީ މި ދެ މާއްދާގެ ސަބަބުން ހަށިގަނޑުގައި ހުންނަ ހޯމޯންސްތައް ރަނގަޅަށް މަސައްކަތް ކުރުމަށް ބުރޫ އަރާކަމަށެވެ. އަދި މި މާއްދާތަކުގެ ސަބަބުން ކިޑްނީ ބަލިތަކުގެ ފުރަތަމަ ސްޓޭޖުގައި ތިބޭމީހުންނަށް އޮކްސިޑޭޓިވް ސްޓްރެސް މެދުވެރިވެ ކިޑްނީ ދުޅަވުމަށް މަގުފަހި ކޮށްދޭ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ލޭގެ ތެރެއިން ކުންޏާއި އިތުރު ފެން ފިލްޓަރ ކުރުމުގައި ކިޑްނީގެ ދައުރު ވަރަށް މުހިންމެވެ. ނަމަވެސް ބީޕީއޭގެ މިންވަރު މަތިވުމުން ކިޑްނީގެ ތެރޭގައި ވިހަ މާއްދާތައް ޖަމާވެ، ކިޑްނީގެ މަސަތްކަތް ތަކަށް ބުރޫއަރައެވެ.

ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ޕްލާސްޓިކު ބޭނުންކުރުމަކީ ކިޑްނީގައި ހިލަ އުފެދުމަށް މަގުފަހިވާ ކަމެކެވެ. ކިޑްނީގައި ހިލަ އުފެދުމުގެ ސަބަބުން ކިޑްނީގައިވާ ހޮޅިތައް ބެދި ކުޑަކަމުދާތަކެތި އުފެއްދުމަށާއި ހަށިގަނޑުން ކުޑަކަމުދާ ތަކެތި ބޭރުކުރުމަށް ހުރަސްއެޅެ އެވެ. އަދި ބައެއް ހާލަތްތަކުގައި ކިޑްނީގެ މަސައްކަތް އެއްކޮށް ހުއްޓި އިންސާނާގެ ފުރާނައަށްވެސް ނުރައްކާވެއެވެ.

ޕްލާސްޓިކުގައި އެކުލެވިގެންވާ ވިހަ މާއްދާތަކުގެ ސަބަބުން ކިޑްނީ ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް އިތުރު އުނދަގޫތަކެއް ކުރިމަތިވެގެންދެއެވެ.

އެގޮތުން ކިޑްނީ ބަލިތައް ތަހައްމަލު ކުރާ މީހުން ޕްލާސްޓިކު ބޭނުންކުރާނަމަ ކިޑްނީ ބަލިތައް ގޯސްވެ، ބަލި ކޮންޓްރޯލް ކޮށް ފަރުވާ ހޯދުމަށް އުނދަގޫ ވެގެންދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން