ފުލުހަކު ބްލެކްމެއިލްކޮށް އޭނާގެ އަންހެނުންނަށް ފުރައްސާރަކުރާ މައްސަލައެއް ބަލަން ފަށައިފި އެވެ.
އެކްސްގައި މީހަކު ކުރި ޕޯސްޓެއްގައި ބުނީ ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން ގޭންގަކުން ފުލުހުންގެ ފޮރެންސިކް ފިރިހެން އޮފިސަރަކު ބްލެކްމެއިލް ކުރަމުންދާ ކަމަށެވެ.
ހުޅުމާލޭގައި ދިރިއުޅޭ އެ ފުލުސް މީހާގެ އަންހެނުންނަށް ވެސް ފުރައްސާރަ ކުރަމުންދާ ކަމަށާއި އެކަން ކުރަނީވެސް ދަރިފުޅުގެ ކުރިމަތީގައި ކަމަށް ބުނެފައި ވެއެވެ.
އެ ޕޯސްޓަށް ޖަވާބު ދެއްވައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ފުލުހުން އެ މައްސަލަ ބަލަމުންދާ ކަމަށެވެ.
ނަމަވެސް މިހާތަނަށް ބްލެކްމެއިލް ކުރުމާއި އަދި ފުރައްސާރަކުރުމުގެ ހެއްކެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު