ހުޅުމާލޭގައި ހުންނަ ސަރުކާރުގެ މަތީ ސާނަވިއަށް ކިޔަވައިދޭ، ސެންޓަ ފޯ ހަޔާ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ)ގައި ހެދި ނަމާދު ކުރާ ބައި ހުޅުލައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފޭސްބުކްގައި ވިދާޅުވީ މިއީ ސްކޫލްތަކުގެ ދަރިވަރުންނަށް ނަމާދުކުރުމުގެ ޖާގަ ތަނަވަސްކޮށްދިނުމުގެ ތަޞައްވުރުގެ ދަށުން، އިސްލާމިކް މިނިސްޓްރީ އިން ފަންޑުކޮށްގެން ސީއެޗްއެސްއީ ގައި ގާއިމު ކުރި ނަމާދުކުރާ ތަނެއް ކަމަށެވެ.

އެ ތަނުގައި ވުޟޫކުރުމުގެ އިންތިޒާމް ވެސް ހަމަޖެހިފައި ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ސާޅީސް އަހަރަށް ވުރެ ގިނަ ދުވަހު މާލޭގައި ހިންގާފައިވާ ސީއެޗްއެސްއީ ހުޅުމާލެ އަށް ބަދަލުކުރީ މިދިޔަ އަހަރު އެވެ.

ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު ވަނީ މާލޭގައި ސީއެޗްއެސްއީ ހިންގި ކުރީގެ އިމާރާތުގައި އަލުން އޭލެވެލްއަށް ކިޔަވައިދޭނެ މަރުކަޒެއް ގާއިމް ކުރަން ނިންމާފައެވެ. މާލޭގައި އޭލެވެލްއަށް ކިޔަވައިދޭނެ ސަރުކާރުގެ ސްކޫލެއް ނެތުމަކީ އެކަމުގެ ދަތިކަން ގިނަ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ފޯރަމުންދާކަމެއްކަކަށް ސަރުކާރުުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން