ހޮލީވުޑްގެ މަޝްހޫރު ތަރި ރަޔަން ރެއިނޯލްޑްސް ވަނީ ދާދި ފަހުން ރަންވީރު ސިންގް އަށް ތައުރީފުކޮށް އޭނާއާ އެކު މަސައްކަތް ކުރަން ބޭނުންވާކަން ހާމަކޮށްފަ އެވެ.
ރަންވީރު ސިންގަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ އެކްޓަރެކެވެ. އޭނާގެ ޕިލްމުތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަރުހީބު ލިބެއެވެ. ރަންވީރު ސިންގުގެ ފޭނުން އޭނާގެ އެކްޓިންގެ އިތުރުން އޭނާގެ ފިޓްނެސްއަށް ވެސް ތައުރީފު ކުރެއެވެ.
ޑެޑްޕޫލް އެންޑް ވޮލްވަރިން ރިލީޒް ކުރުމަށް ތައްޔާރުވަމުން އަންނަ ހޮލީވުޑްގެ އެކްޓަރު ރަޔަން ރެއިނޯލްޑްސް ދާދި ފަހުން ވަނީ ރަންވީރު ސިންގް އަށް ތައުރީފުކޮށް، އޭނާގެ ހަށިގަނޑު ހޫ ޖެކްމަން އާއި ވެސް އަޅާކިޔާފަ އެވެ.
މާވެލް އިންޑިއާގެ އިންސްޓަގްރާމް އިން އާންމު ކޮށްފައިވާ އިންޓަވިއުއެއްގައި ރަޔަން ރެއިނޯލްޑްސް ވަނީ ރަންވީރު އާއެކު ފިލްމެއްގައި ކޮލަބޮރޭޓު ކުރަން ބޭނުންވާކަން ހާމަ ކޮށްފައެވެ.
ފިލްމް ޑެޑްޕޫލް އެންޑް ވޮލްވަރިން ސިނަމާތަކަށް އަންނާނީ މި މަހުގެ 26ވަނަ ދުވަހުއެވެ. ޝޯން ލެވީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ރަޔަން ރެއިނޮލްޑްސް ގެ އިތުރުން އެމާ ކޮރިން އާއި މެތިއު މެކްފަޑިއެން ވެސް ފެނިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު