އިންޑިއާ ސަރުކާރުން އެމްއެންޑީއެފަށް ހަދިޔާ ކޮށްފައިވާ ހެލިކޮޕްޓަރެއް
އިންޑިއާ ސަރުކާރުން އެމްއެންޑީއެފަށް ހަދިޔާ ކޮށްފައިވާ ހެލިކޮޕްޓަރެއް
ޙާލުދެރަ ބަލި މީހަކު މާލެ ގެނައުމުގެ މަސައްކަތް އެމެއެންޑީއެފުން ފަށައިފިއެވެ.

އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ މީހެއްގެ ޙާލު ބޮޑުވުމާއި ގުޅިގެން، އިތުރު ފަރުވާއަށް އެމްއެންޑީއެފްގެ ހެލިކޮޕްޓަރގައި މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

އެއީ ޢުމުރުން 61 އަހަރުގެ ފިރިހެނެއް ކަމަށާއި، މިއަދު ހެނދުނު 11:45 ގައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ގައި ހެލިކަޕްޓަރ ލޭންޑް ކުރާނެކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދީފައުވެއެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުން އަވަސްފަރުވާ އަށް ބޭނުންވާފަރާތްތައް އެއްތަނުން އަނެއްތަނަށް އުފުލުމުގައި އެމްއެންޑީއެފް ގެ ފަރާތުން އަންނަނީ ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން