މީހަކު ހިފަހައްޓާ އޮރިޔާންކާޑު އުފެއްދުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ވާގޮތުން އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 31 އަަހަރުގެ ދިވެހި ފިރިހެނެކެވެ.

އެނާއަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި ފޭރުމާއި ބިރު ދެއްކުންވެސް ހިމެނެ އެވެ.

ބަންދު އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އެކަށީގެންވާ ވަރަށް ހެކި ހުށަހަޅާފައި ވެއެވެ. އެގޮތުން ސީސީޓީވީގެ ސްނެޕްޝޮޓާއި ސީނަށް ދިޔަ ފުލުހުންގެ ބަޔާން ހުށަހަޅާފައި ވެއެވެ.

އެ ހާދިސާއަކީ ދުރާލައި ގިނަ ބަޔަކު ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށް ވެސް އިންވެސްޓިގޭޝަން އޮފިސަރު ފާހަގަކޮށްފައިވާ ކަމަށް ބަންދު އަމުރުގައި ވެއެވެ.

އެހެންވެ އެ މައްސަލައިގައި ހައްޔަރުކުރި މީހާއަކީ މުޖުތަމައަށް ނުރައެްކާތެރި މީހެއް ކަމަށް ބަލައި އޭނާ 15 ދުވަހު ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން