އަނަންތު އމްބާނީއާއި ރާދިކާ މާޗެންޓު
އަނަންތު އމްބާނީއާއި ރާދިކާ މާޗެންޓު
7 މަހުގެ ދިގު އިންތިޒާރަކަށްފަހު އަނަންތު އަމްބާނީއާއި ރާދިކާ މާޗެންޓު މިއަދު ކައިވެނި ކުރަނީއެވެ.

އިންޑިއާގެ މަހުޖަނުން މުކޭޝް އަމްބާނީއާއި ނީތާ އަމްބާނީގެ ހަގު ދަރިފުޅު އަނަންތު އަމްބާނީގެ ކައިވެނި ހަފްލާއަކީ ވަރަށް ގިނަ ބައެއް އިންތިޒާރު ކުރަމުން އަންނަ ކައިވެނި ހަފްލާއެކެވެ. މިއީ އަހަރުގެ އެންމެ ބޮޑު ކައިވެނި ހަފްލާއޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ.

މި ކައިވެންޏާ ގުޅިގެން ބާއްވަންޖެހޭ ހަފްލާތައް މީގެ ހަތް މަސް ކުރިން ފަށައިފިއެވެ. އެއިން ކޮންމެ ހަފްލާއެއްވެސް ފާހަގަ ކޮށްފައިވަނީ ވަރަށް ކުލަ ގަދަކޮށްނެވެ.

ޑިސެމްބަރު މަހު އެންގޭޖު ކުރުމަށްފަހު މި ކައިވެންޏަށް ތައްޔާރުވުމުގެ ގޮތުން އެތައް ހަފްލާތަކެއް ވަނީ ބާއްވާފައެވެ. އެގޮތުން ބަލާއިރު ޖެނުއަރީ މަހު ވަރަށް ކުލަގަދަކޮށް ވަނީ އެމީހުންގެ އެންގޭޖްމެންޓް ފާޓީ ވަނީ ފާހަގަ ކޮށްފައެވެ. މިއީ ދުނިޔޭގެ އެތައް ބައެއްގެ ސަމާލުކަން ލިބިގެންދިޔަ ހަފްލާއެކެވެ. އެއަށްފަހު މާރޗު މަހުގައި ޕްރީ ވެޑިން ޕާޓީއެއްވެސް ވަނީ ބާއްވާފައެވެ. މީގެ އިތުރުން މެއި މަހު ޔޫރަޕިއަން ކްރޫޒް ޕާޓީއެއް ބާއްވާފައިވާއިރު ޖުލައި 2-5 ވަނީ ކައިވެނީގެ ކުރިން ބާއްވާ މިއުޒިކު ހަފްލާ ވެސް ބާއްވާފައެވެ. އަދި މީގެ އިތުރުން ޖުލައި 8 ގައި ހަލްދީ ހަފްލާ ބާއްވާފައިވާއިރު އެމީހުންގެ ކައިވެނި މިއަދު ކުރެވޭނެއެވެ.

މި ކައިވެނި ކުރެވުމަށް ހަމަޖެހިފައިވަނީ 16،000 މީހުންގެ ޖާގައިގެ ޖިއޯ ވޯލްޑް ސެންޓަރުގައެވެ. މި ކައިވެނި ހަފްލާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އޭ ލިސްޓުގެ ފަންނާނުން ބައިވެރިވާއިރު އެންމެންވެސް ތިބޭނީ އިންޑިއާގެ ސަގާފީ ހެދުމުގައެވެ.

މި ކައިވެނި ހަފްލާ ހޮލީވުޑުގެ މަޝްހޫރު ރިއަލިޓީ ޝޯ ކަމަށްވާ "ކީޕިން އަޕް ވިތް ދަ ކާޑޭޝިއަންސް" ގެ ތަރިން ފެނިގެންދާނެ ކަމަށްވެސް ބައެއް ހަބަރުތައް ބުނެއެވެ.

މިއީ މިއަހަރު ކުރެވޭ އެންމެ ކުލަގަދަ އަދި އެންމެ ބޮޑު ކައިވެނި ކަމަށްވާއިރު މި ކައިވެނި ހަފްލާގައި ހޮލީވުޑާއި ބޮލީވުޑުގެ ނަން މަޝްހޫރު އެތައް ތަރިންނެއް ބައިވެރިވާނެއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފާހަގަ ކޮށްލެވޭ ނަން މަޝްހޫރު އެތައް މީހުންނެއް މި ހަފްލާގައި ބައިވެރިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން