ޖުލައި 12 ވާ ހުކުރު ދުވަހު އަނަންތު އަމްބާނީ އާއި ރާދިކާ މާޗެންޓްގެ ކައިވެންޏަށް ބޮލީވުޑްގެ ސެލެބްރިޓީން ކިއު ހަދަން ތައްޔާރަށް ތިބިއިރު، އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި އެކްޓަރު އަކްޝޭ ކުމާރު ކޮވިޑް-19 އަށް ފައްސިވެ ގޭގައި މަޑުކުރަން މަޖުބޫރު ވެއްޖެއެވެ.

ވޭތުވެދިޔަ ދެ ދުވަހު ވެސް އަކްޝޭގެ ހާލު ރަނގަޅު ނޫންކަމަށް ރިޕޯޓްތައް ބުނެއެވެ. އަކްޝޭ ކުރިއަށް އޮތް ފިލްމު "ސަރފީރާ" ޕްރޮމޯޓް ކުރުމުގައި އަވަދިނެތި އުޅެނިކޮށް ކުއްލިއަކަށް ބަލިވެ ކޮވިޑަށް ޓެސްޓު ކުރުމުން އޭނާ ފައްސިވެފައިވާކަން އެނގުނު ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބައެއް މީޑިޔާ ތަކުން ރިޕޯޓްކުރާ ގޮތުގައި އަކްޝޭ ކޮވިޑަށް ޓެސްޓު ހެދީ އޭނާގެ ފިލްމު ޕްރޮމޯޓް ކުރަން އުޅުމުގެ ތެރޭގައި އޭނާގެ ޓީމުގެ ބައެއް މީހުން ކޮވިޑަށް ފައްސި ވުމުން އޭނާގެ ހާލަތު ބެލުމަށް ޓެސްޓު ހެދުމުންނެވެ.

އަކްޝޭ މިހާރު ވަނީ ގޭގައި އެކަހެރިވި ޑޮކްޓަރުން ލަފާދޭ ހުރިހާ ރައްކާތެރިކަމުގެ ފިޔަވަޅެއް އަޅަން ފަށާފައި ކަމަށް އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން