ކިޑްނީގެ ބަލިތަކުން ރައއކާތެރި ވުމަށް ސިއްހަތައް ފައިދާހުރި ކާނާ ކެއުން މުހިންމު.
ކިޑްނީގެ ބަލިތަކުން ރައއކާތެރި ވުމަށް ސިއްހަތައް ފައިދާހުރި ކާނާ ކެއުން މުހިންމު.
ކިޑްނީގެ ބަލިތަކަކީ މި ރާއްޖޭގައިވެސް އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ވަރަށް ގިނަ މީހުން ތަހައްމަލު ކުރަމުންދާ ބަލިތަކެކެވެ. ކިޑްނީ ފެއިލްވުން ނުވަތަ ކިޑްނީގައި ހިލަ އުފެދުމަކީ ވަރަށްވެސް ގިނަ ބަޔަކު ތަހައްމަލު ކުރަމުން އަންނަ ވޭންދެނިވި ބައްޔެކެވެ. ކިޑްނީގެ ބަލިތައް ޖެހުމުން އެކަމުން އަރައިގަތުމަކީވެސް ނުހަނު އުނދަގޫ ކަމެކެވެ.

ކިޑްނީއަކީ އަޅުގަނޑުމެންގެ ހަށިގަނޑުގެ ވަރަށް މުހިންމު ގުނަވަނެކެވެ. އެއީ އަޅުގަނޑުމެންގެ ހަށިގަނޑުގައި ހުންނަ ލޭ ފިލްޓަރކޮށް ސާފުލޭ ވަކިކޮށް ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ނައްތާލުމުގައި އެހީވެދޭ ގުނަވަނެކެވެ. އެހެންކަމުން ކިޑްނީއާއިމެދު ފަރުވާކުޑަ ނުކޮށް ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުން ކުރުމަކީ ކިޑްނީގެ ބަލިތަކުން ދުރުހެލިވުމަށް އަޅުގަނޑުމެންނަށް އެޅެން އޮތް އެންމެ މުހިއްމު ފިޔަވަޅެވެ.

ކިޑްނީގެ ބަލިތަކުން ރައްކާތެރިވުމަށް ބޭނުންކުރެވިދާނެ ބައެއް ކާއެއްޗެހި:

ބެރީސް

ސްޓްރޯބެރީ އާއި ބްލޫބެރީ ފަދަ މޭވާތަކަކީ އޭގައި ގިނަ އަދަދަކަށް އެންޓި އޮކްސިޑެންޓުތަކާއި، ވިޓަމިނާއި އަދި ފައިބަރު އެކުލެވިގެންވާ މޭވާތަކެކެވެ. މި މޭވާތައް ކާނަމަ ކިޑްނީ ސަލާމަތުން ބެހެއްޓުމަށް އެހީތެރިވެދީ އަދި ކިޑްނީގެ ބަލިތަކުން މީހާ ރައްކާތެރި ކުރުމަށްވެސް އެހީވެދެއެވެ.

އޮމެގާ3 އެކުލެވޭ މަހުގެ ބާވަތްތައް

ސެލްމަން ފަދަ އޮމެގާ 3 އެކުލެވޭ މަހުގެ ބާވަތްތައް ކެއުމަކީ ކިޑްނީ ދުޅަވުން ކުޑަކޮށްދޭ ކަމެކެވެ. އަދި މީގެ އިތުރުން މި ބޭނުންކުރުމުން ވިޓަމިން ޑީ ފަދަ މުހިންމު ނިއުޓްރިއެންޓުތައްވެސް ހަށިގަނޑަށް ލިބިދެއެވެ. އަދި އޮމެގާ 3 އެކުލެވޭ މަސް ކާނަމަ އަޅުގަނޑުމެންގެ ކިޑްނީ މަސައްކަތްކުރާ ގޮތްވެސް ރަނގަޅުވެގެން ދެއެވެ.

ހޯލް ގްރެއިންސް

ބްރައުން ބްރެޑް އާއި ވީޓް ބްރެޑް ފަދަ ހޯލް ގްރެއިން އެކުލެވޭ ބާވަތްތަކަކީ އޭގައި ވަރަށް ބޮޑަށް ފައިބަރު އެކުލެވިގެންވާ ކާނާގެ ބާވަތްތަކެވެ. މިފަދަ ބާވަތްތައް ކާނަމަ ލޭގައި ހަކުރު ހުންނަ މިންވަރު އެއްހަމައެއްގައި ބެހެއްޓުމަށް އެހީތެރިވެދެއެވެ. އަދި ކިޑްނީގެ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވުމުގެ އިތުރުން ހޯލް ގްރެއިން އެކުލެވޭ ބާވަތްތަކަކީ ގޮހޮރުގެ މައްސަލަތައް ހައްލުކޮށްދިނުމަށްވެސް އެހީތެެރިވެެދޭ ބާވަތެކެވެ.

ފެހި ފަތުގެ ބާވަތްތައް

ސްޕިނެޗް އާއި ކޭލް ފަދަ ފަތުވެ ބާވަތްތަކަކީ ކިޑްނީއަށް ނޭދެވޭ އަސަރު ކުރުމެއްނެތި ހަށިގަނޑުގައި އަޔަން އިތުރު ކޮށްދޭ ބާވަތެކެވެ. ގަވާއިދުން މިފަދަ ފަތުގެ ބާވަތްތައް ބޭނުން ކުރާނަމަ މީހާ ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް މަގުފަހިވެގެންދެއެވެ.

ބިސް

ބިހަކީ ގިނަ އަދަދަކަށް ޕްރޮޓިން ހިމެނޭ އެއްޗެކެވެ. ބިސް ކެއުމުންވެސް ކިޑްނީގެ ބަލިތަކުން ރައްކާތެރިވުމަށް އެހީވެދެއެވެ.

ކޯލީފްލާވާ

ކޯލީފްލާވާ އަކީ ހަށިގަނޑުގައި ޕޮޓޭސިއަމް ލެވެލްތައް ދަށްކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. ހަށިގަނޑުގައި ޕޮޓޭސިއަމް ލެވެލްތައް ދައްވުމުން ކިޑްނީ މަސައްކަތްކުރާ ގޮތް ރަނގަޅުކޮށްދީ ކިޑްނީގެ ބަލިތަކުން ރައްކާތެރި ވުމަށް އެހީވެދެއެވެ.

ތިމާއަށް ނޭނގި ކުރެވޭ ކަންތައްތަކުންވެސް ކިޑްނީގެ މަސައްކަތްތަކަށް ބުރޫ އަރައި ކިޑްނީގެ ބަލިތައް ޖެހުމަށް މަގުފައިވެއެވެ. އެގޮތުން ކުޑަ ކަމުދިއުން ލަސްކުރުމާއި އެނާރޖީ ޑްރިންކްތައް މާ ގިނައިން ބުއިމަކީވެސް ކިޑްނީގެ މައްސަލަތައް ދިމާވާން މަގުފައިވާ ކަންކަމެވެ. އެހެންކަމުން މިފަދަ ތަކެތި ބޭނުން ކުރުމުން ދުރުހެލިވެ ސިއްހަތަށް ފައިދާހުރި ކާނާ ކެއުމަކީ ކިޑްނީގެ މައްސަލަތަކުން ދުރުވުމަށް އެޅޭ ވަރަށް ބޮޑު ފިޔަވަޅެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން