އަނަންތު އަމްބާނީ ކައިވެނި ޕާޓީގެ ކޮންމެ ގްރޫމްސްމަންސް އަކަށް 3.6 މިލިއަން ރުފިޔާގެ ގަޑިއެއް ދީފިއެވެ.

މި ޕާޓީގައި ގްރޫމްސްމަންސްގެ ގޮތުގައި ބައިވެރިވެފައިވާ ބައެއް ފަރާތްތަކުގެ ތެރޭގައި ޝާހްރުކް ޚާން، ރަންވީރު ސިންގް ހިމެނެއެވެ.

ކައިވެނީގައި ގްރޫމްސްމަންސްގެ ގޮތުގައި ބައިވެރިވި ކޮންމެ މީހަކަށް އަނަންތު ވަނީ އޮޑެމާސް ޕިގޭޓް ރޯޔަލް އޯކް ޕަރޕެޗުއަލް ކެލެންޑަރ ލިމިޓެޑް އެޑިޝަންގެ ގަޑިއެއް ހަދިޔާ ކޮށްފައެވެ.

މި ޕާޓީގައި އަނަންތު އަމްބާނީ ހުރީ 34 މިލިއަން ޑޮލަރުގެ ގަޑިއެއް އަޅައިގެންނެވެ. އޭނާ އަޅައިގެން ހުރީ ލަގްޒަރީ ބްރޭންޑެއް ކަމަށްވާ، ރިޗަޑް މިލް އާރްއެމް 52-05 ޓޫބިލޮން ފަރެލް ވިލިއަމްސްގެ ގަޑިއެކެވެ.

ރިލަޔަންސް އިންޑަސްޓްރީސްގެ ޗެއާމަން މުކޭޝް އަމްބާނީގެ އެންމެ ހަގު ދަރި އަނަންތު އަމްބާނީ އާއި ބިޒްނަސް މެގްނެޓް ވިރެން އޭ މާޗެންޓް އާއި ޝައިލާ ވިރެން މާޗެންޓްގެ ދަރި ރާދިކާ މާޗެންޓް ކައިވެނި ކުރީ ޖުލައި 12 ވަނަ ދުވަހު މުމްބާއީގެ ޖިއޯ ވޯލްޑް ކޮންވެންޝަން ސެންޓަރުގައި ބޭއްވި ބޮޑު ރަސްމިއްޔާތެއްގައި އެވެ.

މިދިޔަ އަހަރުއްސުރެ މި ކައިވެންޏަށް ތައްޔާރުވަމުންދިޔަ އިރު މި ކައިވެންޏަށް ބޮޑު ސަމާލުކަމެއް ލިބިފައިކަން ފާހަގަ ކުރެވެއެވެ. މި ކައިވެންޏާ ގުޅިގެން އެތައް ސަތޭކަ ބަޔަކާ އެކު އެތައް ހަފްލާއެއް ވަނީ ބާއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން