ބޮލީވުޑުގެ ނަންވިދާ ތަރި އަކްޝޭ ކުމާރު.
ބޮލީވުޑުގެ ނަންވިދާ ތަރި އަކްޝޭ ކުމާރު.
އަކްޝޭ ކުމާރުގެ އަސްލު ނަމަކީ ރާޖިވް ބަޓިޔާއެވެ.

ގަލަޓާ ޕްލަސް އަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބޮލީވުޑްގެ ސުޕަސްޓާ އަކްޝޭ ކުމާރު ވަނީ އޭނާއަށް އަސްލު އުފަންވީއިރު ދީފައިވާ ނަމަކީ ރާޖީވް ބަޓިޔާ ކަމަށް ބުނެފައެވެ. އަދި މި އިންޓަވިއުގައި އޭނާ ވަނީ އޭނާގެ ނަން ބަދަލު ކުރަން މެދުވެރިވި ގޮތްވެސް ކިޔާދީފައެވެ.

އަކްޝޭ ބުނެފައިވަނީ އޭނާގެ ނަން ބަދަލު ކުރުމަކީ އޭނާ އަމިއްލައަށް ކުރަން ބޭނުން ވެގެން ކުރި ކަމެއް ކަމަށާއި، އަދި އެއީ އެއްވެސް ފަލަކީ އިލްމުވެރިއެއްގެ ނުފޫޒުން ކޮށްފައިވާ ކަމެއް ނޫންކަމަށެވެ. އޭނާ ބުނެފައިވަނީ އޭނާ ނަން ބަދަލު ކުރަން ނިންމީ އޭނާގެ އެންމެ ފުރަތަމަ ފިލްމުން އެކަމަށް ހިތްވަރު ލިބިގެން ކަމަށެވެ.

މި އިންޓަވިއުގައި އަކްޝޭ ކުމާރު ބުނެފައިވަނީ މަހޭޝް ބަޓްގެ ފިލްމެއް ކަމަށްވާ "އާޖް" ގައި އޭނާގެ ސްޕެޝަލް އެޕެއަރެންސް ރޯލެއް ފެނިގެންދާނެ ކަމަށާއި މިއީ އޭނާގެ ފުރަތަމަ ފިލްމު ކަމަށެވެ. އަދި އެ ފިލްމުގައި ކުމާރު ގޯރަވް ލީޑް ރޯލު ކުޅެފައިވާއިރު އެ ފިލްމުގައި ކުމާރް ގޯރަވްގެ ނަމަކީ އަކްޝޭ ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި މި ފިލްމުގެ ޝޫޓިންގެ ތެރޭގައި އޭނާ ކެޝުއަލްކޮށް ބަތަލާގެ ނަމާމެދު ސުވާލުކުރުމުން އެއީ އަކްޝޭ ކަން އެނގުމާއެކު، އޭނާ އަމިއްލައަށް އެނަން ބޭނުންވީ ކަމަށްވެސް އަކްޝޭ ވަނީ މި އިންޓަވިއުގައި ބުނެފައެވެ.

އަކްޝޭ ބުނެފައިވަނީ އޭނާގެ ނަން ބަދަލު ކުރުމަށް ނިންމި ނިންމުމަކީ އިތުރު އެއްވެސް ބައެއްގެ ނުފޫޒަކާ ނުލާ އޭނާ އަމިއްލައަށް ކުރަން ބޭނުންވެގެން ކުރި ކަމެއް ކަމަށެވެ. އަކްޝޭގެ ބައްޕަ އެކަމާ ބެހޭ ގޮތުން އޭނާއާ ސުވާލު ކުރުމުން އޭނާ ވަނީ އެ ނަން ބޭނުންވީ އެއީ އޭނާގެ ފުރަތަމަ ފިލްމުގެ ބަތަލުގެ ނަަމަށް ވާތީ ކަމަށް ބުނެފައެވެ.

އަކްޝޭ ކުމާރު ވަނީ ދާދި ފަހުން ކޮވިޑް-19 އަށް ފައްސިވެފައެެވެ. އޭގެ ސަބަބުން އޭނާ މިހާރު ހުރީ ރައްކާތެރި ފިޔަވަޅު އެޅުމުގެ ގޮތުން އެކަހެރި ވެގެންނެވެ. ކޮވިޑަށް ފައްސިވުމުގެ ސަބަބުން އޭނާއަށް އާނަންތު އަމްބާނީގެ ކައިވެނި ހަފްލާއަށްވެސް ނުދެވުނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން