އެސްޓީއޯ ހެޑް އޮފީސް
އެސްޓީއޯ ހެޑް އޮފީސް
ދަނޑުވެރިން ވިއްކާ ތަކެއްޗަށް އެސްޓީއޯ މެދުވެރިކޮށް ވަގުތުން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.

ކޯވިޑް-19 އާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އަމްރު ވިދާޅުވީ، މިހާރު ކުރިމަތިވެފައިވާ ކަންކަމާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދު ހަމައެކަނި ފަތުރުވެރިކަމާއި އިމްޕޯޓަށް ބަރޯސާވެގެން ނުތިބެވޭނެ ކަމަށެވެ.

އެއް ގައުމުން އަނެއް ގައުމަށް މުދާ އުފުލުމާއި އަދި ގައުމުތަކުގެ އެތެރޭގައި މުދާ އުފުލުންވެސް ގާތްގަނޑަކަށް ހުއްޓިއްޖެ ކަމަށާއި، މިކަމުގެ ހައްލަކީ އެގައުމެއްގައި ހެއްދޭ ބާވަތްތައް ނުވަތަ އެގައުމެއްގައި އުޅޭ މީހުން އެގައުމެއްގެ ތެރޭގައި އުޅެވޭނެ ފެންވަރަށް ފުދުންތެރިކަން އިތުރުކުރުން ކަމަށް އަމްރު ވިދާޅުވި އެވެ.

އެސްޓީއޯއިން މިހެން ބުނެފައިވާއިރު ރޭ ސަރުކާރުން ބޭއްވި ނޫސް ކޮންފަރެންސެއްގައި މާލީ ވަޒީރު ވެސް ވަނީ މި މައުޟޫގައި ވަރަށް ތަފުސީލުކޮށް ވާހަކަ ދައްކަވާފައެވެ. އެގޮތުން މިހާރު ކުރަންވީ ކަމަކީ ދަނޑު ހެއްދުން ކަމަށާއި ދަނޑު ހައްދައިގެން އެއްވެސް ފަރާތަކަށް މިހާރު ގެއްލުން ނުވާނެ ގޮތަށް ނިޒާމުތައް ރާވަމުން ގެންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި ދަނޑުވެރިކަމަށް ފަސޭހައިން ލޯނު ލިބޭނެ މަގު ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށްވެސް މާލީ ވަޒީރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން