ބޮލީވުޑުގެ މަޝްހޫރު ތަރި އިމްރާން ހާޝްމީ.
ބޮލީވުޑުގެ މަޝްހޫރު ތަރި އިމްރާން ހާޝްމީ.
ފިލްމު އިންޑަސްޓަރީގައި މަސައްކަތް ކުރާ އެހެންތަރިންނާމެދު ހަސަދަވެރިވާކަމަށް ބޮލީވުޑުގެ މަޝްހޫރު ތަރި އިމްރާން ހާޝްމީ ބުނެފިއެވެ.

ނިއުސް 18އަށް ދިން އިންޓަވިއުއެއްގައި އިމްރާން ހާޝްމީ ވަނީ އޭނާއާއެކުއެކީހެން ފިލްމީދާއިރާއަށް ނުކުތް އެހެން އެކްޓަރުންނާމެދު ހަސަދަވެރިވާކަން ހާމަކޮށް، އެ ތަރިންނަށްވުރެ މާފުރިހަމައަށް އޭނާއަށް އެމީހުން ކުޅެފައިވާ ރޯލްތައް އަދާކުރެވޭނެ ކަމަށް ގަބޫލު ކުރާ ކަމަށް ބުނެފައެވެ.

އަމިއްލަ ގައިގައި ހުރި ނޭދެވޭ ސިފަތަށް ފާހަގަކޮށް އިމްރާން ބުނިގޮތުގައި ގިނަފަހަރު އެހެން މީހުންނަށް ވުރެ ރަނގަޅަށް ކަންތައްތައް ކުރެވިދާނެ ކަމުގެ އިހުސާސް ކުރެވެއެވެ.

މި އިންޓަވިއުގައި އިމްރާންގެ ފިލްމުތަކުގެ ތެރޭގައި އޭނާ ހިތްހަމަނުޖެހޭ އެއްވެސް ފިލްމެއް ކުޅެވިފައިވޭތޯ ސުވާލުކުރުމުން އޭނާ ބުނެފައިވަނީ އޭނާ ހަނދާނުގައި އެފަދަ ޕްރޮޖެކްޓެއް ވާކަމަށެވެ. ނަމަވެސް އެ ފިލްމުގައި އެތައް ބައިވަރު ހުނަރުވެރި އެކްޓަރުން މަސައްކަތްކޮށްފައިވާތީ އެ ފިލްމުގެ ނަން ހިއްސާ ކުރަން ބޭނުން ނުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ. އެ ފިލްމަކީ ވަރަށް ރަނގަޅު ވާހަކައެއްގެ މައްޗަށް ބިނާކޮށް ހެދި ފިލްމަކަށް ވީ ކަމުގައިވީނަމަވެސް އެ ފިލްމު އެއީ ވަރަށް ކްރިންޖީ ފިލްމެއްކަމުގައި އޭނާ ވަނީ ބުނެފައެވެ.

އިމްރާން ހާޝްމީއަކީ މުނިފޫހި ފިލުވުމުގެ ދާއިރާގައި ވަރަށް ނަން މަޝްހޫރު، އަދި ދުނިޔޭގެ އެތައް ބައެއްގެ ލޯބި ލިބިފައިވާ، ބޮލީވުޑްގެ ކާމިޔާބު ތަރިއެކެވެ. 2000 ގެ ކުރީކޮޅު އިމްރާން ހާޝްމީ އަކީ އެންމެ މަގުބޫލު މަދުތަރިންގެ ތެރޭހިމެނުނު ތަތިއެކެވެ. އެހެންނަމަވެސް އޭނާ މިހާރު ފެންނަނީ ފިލްމީދައިރާއާއި ވަރަށް ބޮޑަށް ދުރަށްޖެހިފައިވާ ތަންނެވެ. އަކްޝޭކުމާރާއެކު ކުޅުނު ފިލްމު "ސެލްފީ" އަށްފަހު އިތުރު ފިލްމަކުން އޭނާ ފެނިފައި ނުވެއެވެ.

އިމްރާން ހާޝްމީ އެންމެ ފަހުން ފެނިފައިވަނީ ޓީވީ ސީރީސްއެއް ކަމަށްވާ ޝޯޓައިމް އިންނެވެ. މި ސީރީސްގެ 2 ވަނަ ބައި މިހާރު ޑިޒްނީ ޕްލަސް އިން ސްޓްރީމް ކުރެވޭނެއެވެ. މި ސީރީސް ނެރުނު ފަހުން އޭނާއަށް އަންނަނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން