ޭކޭ ޕޮޕް އައިޑޮލުން ކަމަށްވާ ރޯޒޭ އާއި ޗާ އިއުން ވޫ އަކީ- ގޫގުލް ފޮޓޯސް
ޭކޭ ޕޮޕް އައިޑޮލުން ކަމަށްވާ ރޯޒޭ އާއި ޗާ އިއުން ވޫ އަކީ- ގޫގުލް ފޮޓޯސް
ކޭ ޕޮޕްގައި އާއްމުންގެ މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު ބްލެކްޕިންކް ބޭންޑުގެ ރޯޒޭ އާއި އެސްޓްރޯ ބޭންޑުގެ ޗާ އިއުން ވޫ ރައްޓެހިވެގެން އުޅޭ ކަމުގެ އަޑުތަކެއް ފެތުރި އިއުންރޯޒް ހޭޝްޓެގް މީސްމީޑިއާގައި ވައިރަލް ވެއްޖެއެވެ.

ބެލުންތެރިން ވަނީ ކޭޕޮޕްގެ މި ދެތަރިން ގުޅިގެން އުޅޭކަމަށްބުނެ އެކަމަށް އެއީ ހަގީގަތެއްކަމަށް ބުނެ އެދެމީހުންގެ މީސް މީޑިއާ ޕްލެޓްފޯމުތަކުގައި ހުރި ފޮޓޯތައް ހިއްސާ ކޮށްފައެވެ.

މި ދެތަރިންގެ ސަޕޯޓަރުން އެ ދެމީހުން ރައްޓެހި ވެގެން އުޅޭ ކަމުގެ ހެކެއްގެ ގޮތުގައި ޔަގީންކޮށްފައިވަނީ އެދެމީހުންގެ ޓިކްޓޮކްގައި ހިމަނާފައިވާ ޕޯސްޓްތަކެވެ. އެގޮތުން އެ ދެމީހުން އެއްފަހަރާ ޕޯސްޓްކޮށްފައިވާ ވީޑިއޯގައި ކެފޭއެއްގައި ތިބޭތަންފެނިގެންދާއިރު އަނެއްޕޯސްޓްގައި ޖަޕާނުގައި އޮތް އާޓް ޝޯއެއް އެކުގައި ބަލާލަން ދިއުން ފަދަ ކަންތައްތައް ހިމެނެއެވެ.

މީގެ ކުރިންވެސް ރޯޒޭ އާއި ޗާ އިއުން ވޫ ރައްޓެހިވެގެން އުޅޭ ކަމުގެ ވާހަކަތައް ފެންމަތިވިއެވެ. އެފަހަރު އެ އަޑުތައް ފެތުރިފައިވަނީ މި ދެ ފަންނާނުން ކޯޗެލާ 2023 ގެ އާފްޓާރ ޕާޓީއަށް އެކުގައި ގޮސްފައިވާތީއެވެ. އަދި މީގެ އިތުރުން މި ދެ ފަންނާނުން 2022 ގެ ޕެރިސް ފެޝަން ވީކުގައި ރެސްޓޯރެންޓަކުން އެކުގައި ފެނިފައިވާތީވެސް މެއެވެ. މި ހުރިހާ ހެކިތަކެއް އެކުލެވޭ ވީޑިއޯގައި ބުނެފައިވަނީ މި ދެ ފަންނާނުން ރައްޓެހިވެފައިވަނީ 2021ގައި ކަަމަށް ބެލެވޭ ކަމަށެވެ.

މީގެ އިތުރުން އެ ވީޑިއޯގައި 2022ގެ ޖެނުއަރީ ފަހުކޮޅާއި ފެބްރުއަރީ މަހު ކުރީކޮޅު އެމީހުން ނަގާފައިވާ ބައެއް ފޮޓޯތައް ހިއްސާކޮށްފައިވާއިރު އެ ފޮޓޯތައް ނަގާފައިވަނީ އެއް ތަނެއްގައި ކަމަށް ފޭނުންވަނީ ފާހަގަ ކޮށްފައެވެ. ބައެއް ފޭނުން ބުނެފައިވަނީ އެއީ އެމީހުންގެ "ލަވްސްޓަގްރާމް" ކަމަށެވެ.

އެކަމަކު މި ވާހަކަތައް އެންމެނެއް ގަބޫލެއް ނުކުރެއެވެ. ދެކުނު ކޮރެއާގެ ވަރަށް ގިނަ މީހުން ދެކޭ ގޮތުގައި މިއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަ ތަކެކެވެ. އަދި އެމީހުން ބުނެފައިވަނީ މިއީ ބައެއް މީހުން ހަދަ ހަދައިގެން ދައްކާ ވާހަކަތަކެއް ކަމަށެވެ.

ބެލުންތެރިން މިކަމުގެ ހަގީގަތް ދެނެގަތުމަށް ކެއްމަދުވެފައި ވީނަމަވެސް މި ވާހަކަތަކާ ގުޅޭ ގޮތުން އެ ދެމީހުންކުރެ އެކަކުވެސް އަދި އެމީހުންގެ އެޖެންސީ އަކުންވެސް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން