ރައީސް ނަޝީދު ކޯވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ
ރައީސް ނަޝީދު ކޯވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކޯވިޑް-19 އަށް ނެގެޓިވް ވެއްޖެއެވެ.

ރައީސް ނަޝީދު ކޯވިޑް-19 އަށް ޓެސްޓު ކޮށްފައި ވަނީ، އިނގިރޭސިވިލާތުން މިދިޔަ މަހުގެ 14 އިން 19 އާ ދެމެދު ރާއްޖެއަށް އައި މީހުން ޓެސްޓް ކުރުމަށް އެޗްޕީއޭ އިން ނިންމުމާއި ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ، "މާތްރަސްކަލާނގެ އަމުރާ އިރާދަފުޅުން" އިއްޔަ ކުރި ޓެސްޓުން އެމަނިކުފާން ނެގެޓިވްވެފައިވާ ކަމަށެވެ. އެހެން ނަމަވެސް މިއީ އަޅުގަނޑުމެން އެއްވެސް މީހަކަށް ނުޖެހޭނޭ ބައްޔެއްކަމަށް ދެކިގެން ނުވާނެކަމަށާއި، ބަލިން ސަލާމަތްވުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް ފަރުދީ ގޮތުން އެޅުއްވުމަށް އެދިވަޑައިގެންނެވިއެވެ.

ރައީސް ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގަތީ ހުސްވި މަހުގެ 11 ވަނަ ދުވަހުއެވެ. އަދި އެނބުރި ރާއްޖެއަށް ވަޑައިގެންނެވީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ. ރައީސް ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ، އެމަނިކުފާނާއި، އަނބިކަނބަލުން ލައިލާ ޢަލީގެ ކައިވެންޏަށް 26 އަހަރު ފުރުން ފާހަގަ ކުރެއްވުމަށް ކަމަށް އެނގިފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން