ކުރީގެ ރައީސް އަބުދު ﷲ ޔާމިންގެ ސަރުކާރުގައި ރާއްޖޭގެ ތަރައްގީގެ އެކި ޕްރޮޖެކްޓްތައް ހިންގުމަށް ޗައިނާ ސަރުކާރުން ލޯނާއި އެހީގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދީފައިވެއެވެ. ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤްތިސާދު ކަމަށްވާ ޗައިނާ އިން ވަނީ ފާއިތުވި 15 ވަރަކަށް އަހަރުގެތެރޭގައި ތަރައްޤީވަމުން އަންނަ ވަރަށް ގިނަ ޤައުމުތަކުގެ އުމްރާނީ ތަރައްޤީއަށް އެހީތެރިވެދީފައެވެ. އުމްރާނީ ތަރައްޤީއަށް ލޯނު ދިނުމުގެ އިތުރުން ސީދާ ފައިސާގެ އެހީވެސް ޗައިނާއިން މިފަދަ މަޝްރޫއުތަކަށް ދެއެވެ.
ނިމިދިޔަ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި ކުރިއަށް ގެންދިޔަ ސިނަމާލެ ބުރިޖު މަޝްރޫއާއި ހިޔާ މަޝްރޫއުއަށް ޗައިނާ އިން ބޮޑު އަދަދުތަކުން ލޯނު ނަގާފައިވެއެވެ. ޗައިނާ އިން ވަނީ ލޯނުގެ އިތުރުން ހިލޭ އެހީގެ ގޮތުގައި 72 މިލިއަން ޑޮލަރު ބްރިޖް މަޝްރޫއަށް ހަދިޔާކޮށްފައެވެ. ޔާމިން ސަރުކާރުން ހިންގި ބޮޑެތި މަޝްރޫއު ތަކަށް ޗައިނާ އިން ބޮޑު އަދަދުތަކުން ލޯނު ދީ، ރާއްޖެ ދަރަނީގެ ދަންތުރައެއްގައި ޖައްސާފައިވާކަމަށް ވިދާޅުވެ އެ ވާހަކަ އެންމެ ގަދަ އަށް ދައްކަވަނީ އެމްޑީޕީގެ ރައީސް ، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހަންމަދު ނަޝީދެވެ.
ޗައިނާ އިން ނަގާފައިވާ ލޯނު ތަކާއި ގުޅޭގޮތުން ރައީސް ނަޝީދު ޖައްސަވާ ހިސާބާއި ޗައިނާ ސަފީރު ޖައްސަވާ ހިސާބު އެއްގޮތަކަށްވެސް ދިމަލެއް ނުވެއެވެ. އަދި ސަފީރު ވިދާޅުވާ ގިނަ އެއްޗެހި ދާ ކަމަށް ބެލެވެނީ ރައީސް ނަޝީދުގެ ބޯމަތިންނެވެ. މިގޮތުން ޗައިނާއަށް ރާއްޖެ ދަރާފައިވާ އަދަދު ކަމަށް ވިދާޅުވެ ރައީސް ނަޝީދު ޖައްސަވާ ހިސާބު އަދަދުތައް މުޅި ރާއްޖޭގެ ޖުމްލަ ދަރަނީގެ މިންވަރަށްވުރެ ވެސް ބޮޑުކަން ފާހަގަކުރެވެއެވެ. އެމްއެމްއޭ އިން ނެރެފައިވާ ހިސާބުތަކުން ވެސް ރައީސް ނަޝީދު ޗައިނާގެ ލޯންތަކާއި ގުޅިގެން ހައްދަވަނީ ކަނޑައެޅިގެން "އިތުރުފުޅު" ކަން ކަށަވަރުވާ ކަމަށް ޗައިނަ ސަފީރުގެ ވާހަކައިން ދޭހަވެއެވެ. މީގެ ކުރިން ތަފާތު އެކި ފަހަރު މަތިން ރާއްޖެއަށް ޗައިނާ އިން ކަނޑައަޅާފައި ހުންނަވާ ސަފީރުވެސް ވަނީ ޗައިނާގެ ލޯނުތަކާއި ބެހޭގޮތުން ރައީސް ނަޝީދު ދައްކަވާ ވާހަކަތައް ދޮގުކުރައްވައި ނަންބަރުތަކާއި ހިސާބު އަދަދުތަކުން ހެކި ދައްކަވާފައެވެ.
ރާއްޖޭގެ ސަރުކާރުތަކުން ބޭރު ގައުމުތަކުން ލޯނު ނެގުމަކީ އަލަށް ކުރާ ކަމެއް ނޫނެވެ. ރައީސް މައުމޫނާއި ނަޝީދާއި، ޔާމިން އަދި ރައީސް ސޯލިހްގެ ސަރުކާރުން ވެސް ބޭރުގައުމުތަކުން ލޯނު ނަގާފައިވެއެވެ. ޗައިނާއިން ހައުސިންގ މަޝްރޫއެއް ފުރަތަމަ ހިންގަން ފެށީވެސް ރައީސް ނަޝީދުގެ ސަރުކާރުގައެވެ. ހަގީގަތުގައި ޗައިނާގެ އުނގަށް ރާއްޖެއިން ފުރަތަމަ ވެއްޓުނު ފަހަރަކީ ނުވަތަ ޗައިނާގެ އެބުނާ ދަރަނީގެ ފެށުމަކީ އެއީއެވެ.
ރައީސް ޔާމީން ލޯނު ނެންގެވީ ވެސް، އެންމެ ބޮޑު އެހީތެރިކަމެއް ހޯދީވެސް ޗައިނާއިންނެވެ. އެދުވަސް ވަރަކީ ޗައިނާގެ ދީލަތި އަތް ދެކުނު އޭޝިއާގެ ގައުމުތަކަށްޓަކާ ހުޅިވާލަމުން ދިޔަ ދުވަސްވަރެވެ. އޭރު އިންޑިއާ އޮތީ ނިދާފައެވެ. ނޫނީ އެފަދަ މޮޑު އެހީތެރިކަމެއް ވެދެވެން އޭރު ނެތީއެވެ. ޗައިނާގެ މިދެންނެވި "ދީލަތިކަމުގެ އަތް" ތަންމިނަށް ހުޅުވާލުމުން އެއަތުގެ ތެރެއަށް ވަނީ ރާއްޖެ އެކަންޏެއް ނޫނެވެ. އަވަށްޓެރި ސްރީލަންކާވެސް ފުރުސަތުގެ ބޭނުން ހިފައިގެން ޗައިނާގެ އެހީއާއި މަދަދު ހޯދިއެވެ. އަދި އެއަށްފަހު ސިޔާސީ އޮއިވަރު ބަދަލުވުމުން ލަންކާއިން ވެސް ފެންނަން ފެށީ ރާއްޖެއިން ވެސް ފެންނަމުން މިދާ ފަދަ މަންޒަރު ތަކެވެ. ވެރިކަން ބަދަލުވެ ސިޔާސީ ފިކުރާއި އެއްގޮތަށް ހުރިހާ ކަމެއް ބަދަލުވެގެންދިއުމުން ޗައިނާގެ ލޯނު ވީ ހަމަ ދަރަނީގެ ދަންތުރައަކަށެވެ. ނަމަވެސް އެނބުރެމުން ސެނބުރެމުން ގޮސް މިހާރު ޖެހިފައި އޮތީ ހަމަ އެއްތާކުއެވެ.
ޗައިނާއިން ލޯނު ނަގަން ޖެހުނީ ނޫނީ ލޯނު ނަގަން ޗައިނާ އިހުތިޔާރު ކުރި ސަބަބާއި އެލޯނު ނެގި ގޮތް ހުސްވި ހަފުތާގައި ރާއްޖޭގެ ކުރީގެ މާލީ ވަޒީރުން ވަނީ މަޖިލީހަށް ވިދާޅުވެ ދެއްވާފައެވެ. ފަހުން ޔާމިން ސަރުކާރުގެ ނައިބްރައީސް ކަމުގެ މަގާމުވެސް ފުރިއްވާފައިވާ އަބްﷲ ޖިހާދު ވިދާޅުވީ ޗައިނާއިން ލޯނުނެގީ ލޯނުގެ އިންޓްރަސްޓް ކުޑަވެފައި ލޯނު ދެއްކުމުގައިވެސް މާބޮޑަށްވެސް ލުއިވީމައެވެ. އެގޮތުން ނިމިދިޔަ ސަރުކާރުން ޗައިނާއިން ނެގި ލޯނު ތަކުގެ ތެރެއިން ސިނަމާލެ ބްރިޖްގެ ލޯނަކީ މިހާރުގެ ސަރުކާރުގެ އިސްބޭފުޅުންގެ ވަރަށް ބޮޑު ފާޑުކިއުމެއް އަމާޒުވެފައިވާ ލޯނެކެވެ. މި ބްރިޖަށް ޖުމްލަ ޚަރަދުވި ކަމަށް ހިސާބުތައް ބުނަނީ 3.053 ބިލިއަން ރުފިޔާ ކަމަށެވެ. މީގެތެރެއިން 1.742 ބިލިއަން ރުފިޔާއަކީ ޗައިނާގެ ހިލޭ އެހީއެވެ. އެއީ ޖުމްލަ ޚަރަދަށް ބަލާއިރު 57 އިންސައްތައެވެ. ދިވެހި ސަރުކާރުން މި ޕްރޮޖެކްޓަށް ޚަރަދު ކުރި ކަމަށް ބުނަނީ 277 މިލިއަން ރުފިޔާއެވެ. މިއީ ބްރިޖް އެޅުމަށް ޚަރަދު ކުރި އަދަދުގެ 9 އިންސައްތައެވެ. މި ޕްރޮޖެކްޓްގެ ލޯނުގެ ޖުމްލަ އަދަދަކީ 1.033 ބިިލިއަން ރުފިޔާއެވެ. 15 އަހަރުން ދައްކަން ޖެހޭ މި ލޯނު ދައްކަން ޖެހެނީ 2 އިންސައްތައިގެ ކޮމްޕައުންޑް އިންޓަރެސްޓްގައެވެ. އެގޮތުން އަނބުރާ ދައްކަން ޖެހެނީ ޖުމްލަ 1.39 ބިލިއަން ރުފިޔާ އެވެ. އެހެން ވެއްޖެއްޔާ އަހަރެއްގެ މައްޗަށް ދައްކަން މިޖެހެނީ 92 މިލިއަން ދިވެހި ރުފިޔާއެވެ. އެހެންވީމާ މިއީ ދަރަނީގެ ދަންތުރައެއްކަން ނުވަތަ ނޫންކަން ނިންމުމުގެ ކުރިން އަޅާ ކިޔާލުން ހަމަ ރަނގަޅު ހިސާބުތަކެކެވެ.
ދެން އޮތީ މި ސަރުކާރުގެ ލޯނުގެ ވާހަކައެވެ. ރައީސް ޔާމީނާ ޚިލާފަށް ރައީސް ސޯލިހްގެ ސަރުކާރުން އެންމެ ގާތް ގުޅުމެއް ބާއްވަނީ އިންޑިއާއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މި ވެރިކަމަކީ އިންޑިއާ ހޯދައިދިން އެމީހުންގެ ވެރިކަމެކެވެ. އެހެންވީމާ މިސަރުކާރުން ލޯނު ނަގަންވެސް އެހޯދަންވެސް އަތް ދިއްކުރަނީ "މޯދީ ޖީ" އަށެވެ. "ނާށިގަނޑު ހިއްޕަވައިގެން ވަޑައިގަންނަވަނީ "މޯދީބެ" އަރިހަށެވެ. ދެން އެއަޅާ ގޮތަކަށް ބައި އަޅާފައި އިންޑިޔާ އިން ލޯނު ދިނީމީ މި ސަރުކާރުން ހެވިލާފައި ލޯނާއި އެހީވެސް ގަބޫލުކުރަނީއެވެ. އެކަމަކު މިކަމާ ހަމަ ހައިރާންވެ އަންތަރީސްވެ ވިސްނާ ވިސްނާ ވެސް ނޭގުނު ކަމަކީ އިންޑިޔާ އިން އަބުރާ ދައްކާގޮތަށް އިންޓްރަސްޓާއެކު ދޭ ލޯނަކީ ރާއްޖޭގެ ތަރައްގީއަށް ވެދޭ "އެހީ" ކަމަށްވެފައި ޗައިނާއިން ރާއްޖެއަށް ވެދޭ އެފަދަ އެހީތަކަކީ ރާއްޖޭގެ ތަރައްޤީއަށް ވެދޭ އެހީ ކަމަށް ސަރުކާރުގެ، ދައުލަތުގެ އިސް ބައެއް ވެރިން ބަލައި ނުގަތުމެވެ.
މުސާރަ އާއި އެހެނިހެން ހިންގުމުގެ ހަރަދުތައް ފޫބެއްދުމަށް އިންޑިއާ ސަރުކާރުން 3.8 ބިލިއަން ރުފިޔާ ދިނުމަށް މިހާރު ވެސް ވަނީ ނިންމާފައެވެ. އިންޑިއާގެ ފޮރިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އެ ފައިސާ ދިނުމަށް ހަމަޖެހިފައިވަނީ ދެ ފަރާތް އެއްބަސްވާ ގޮތެއްގެ މަތިން ލޯނެއްގެ ގޮ ތުގައެވެ. ޗައިނާ އިން ނަގާ ލޯނުތަކަކީ ދަރަނީގެ ދަންތުރަ އެއް ކަމަށް ސިފަކޮށް އިންޑިޔާ އިން ރާއްޖެ އަށް ދޭ ލޯނަކީ ހަމަ ހެއު ހިތުން ދޭ ދީލަތި އެހީއެއް ކަމަށާއި އިންޑިއާ ދޭ ލޯނަކީ ދަންތުރައެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވާ ސަބަބު އަދި އޮތީ ހަމަ ނޭގުމުގެ ތެރޭގައެވެ.
މިވާ އެއްޗެއް ހަމަ އެއްގޮތަކަށް ތިލަވާގޮތެއް ނުވެއެވެ. ކޮވިޑާ ގުޅިގެން އިންޑިޔާ އިން ވެސް ޗައިނާ އިން ވެސް ދީލަތި އެހީތަކެއް ފޯރުކޮށްދީފައިވެއެވެ. އެގޮތުން މާސްކާއި، ރައްކާތެރިކަމުގެ ގޮތުން އަޅާ ހެދުމާއި، ހޮސްޕިޓަލް އެނދާއި، ވެންޓިލޭޓަރު އަދި ތާމޯމީޓަރު ފަދަ މި ހާލަތުގައި ބޭނުންވާނެ ސިއްހީ ގިނަ އާލާތްތަކާއި ސަމާނު ޗައިނާއިން ވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ. ޗައިނާ އިން ރާއްޖެ އަށް އެހީވަނީ ވަކި ސަރުކާރަކަށް ނޫނެވެ. ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުންނަށެވެ. މީގެ އިތުރުން ރާއްޖެ އަށް ކުރިމަތިވެފައިވާ ދަތި އުދަނގޫ ދަނޑިވަޅުގައި އެގައުމަށް ދައްކަންޖެހޭ ލޯނުގެ މުއްދަތުވެސް ޗައިނާ އިން ފަސްކޮށްދީފައިވެއެވެ. މިއީ ރާއްޖެ އަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ.
މިހާލަތުގެ ތަންކޮޅެއް ކުރިއަށް ޖެހިލާއިރު ރާއްޖޭގެ އިގުތިސޯދު ބިނާވެފައިވާ ފަތުރުވެރިކަމުގެ ސިނާއަތުގެ މައި ތަނބަކީ ޗައިނާއެވެ. ވޭތުވެދިތަ ދިހަ ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓަކީ ޗައިނާ މާކެޓެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އޮތް އޮފް ސީޒަން ނެތިކޮށްލި މާކެޓަކީ ޗައިނާ މާކެޓެވެ. އެންމެ ގިނަ ފައިސާ އެސިނާއަތަށް ޕަމްޕު ކުރަނީ ޗައިނާ މާކެޓުންނެވެ.
އެހެން ނަމަވެސް އިންޑިޔާ އާއި ޗައިނާގެ ވާދަވެރިކަމުުގައި މިކަންކަން ދިވެހި ސަރުކާރުން ބަލައެއް ނުގަނެއެވެ. އޭގެ ބަދަލުގައިި އިންޑިއާ އިން ކިތަންމެ ކުޑަ އެހީ އެެއް ނުވަތަ ކިތަންމެ ވަރަކަށް ރައްޔިތުން ދަރުވާފައި ލޯނު ދިނަސް އަދި ކިތަންމެ ބޮޑު އަސްކަރީ ފައުޖަކާއެކު ހެލިކޮޕްޓަރެއް އަދި މަތިންދާބޯޓެއް ދިނަސް އެއީ އިންޑިޔާގެ ހެއުފުޅު ކަމުން ދެއްވާ އެއްޗެއްގެ ގޮތުގައި މި ސަރުކާރަށް ގަބޫލުކުރެވެނީއެވެ.
ޗައިނާ އާއި މެދު ރާއްޖެ އިން ފެންނަނީ ވަރަށް ބޭ އިންސާފުން އަމަލުކުރާ މަންޒަރެވެ. ނުވިތާކަށް ރައީސް ނަޝީދު އިންޑިޔާއަށް ވަޑައިގަންނަވާ ކޮންމެ ފަހަރަކު އިންޑިޔާގެ ރުހުން ހޯއްދެވުމަށް ޗައިނާއަށް ކުރު ދޮށިން ދެއްވައެވެ. އެހެން ގޮތަކުން ނުވިއްޔާ ޗައިނާއިން ޗައިނާއިން ހިންގި ނުވަތަ ހިންގާ ކޮންމެވެސް މަޝްރޫޢަކާއި މަތިކޮށް، އަޅުވާކިޔައި، ކުދި ކިޔައި، ފާޑުކިޔައި ޗައިނާ ސަފީރު ރަތަށް އަރުވާލައެވެ. ހަތް ފްލެޓަކީ ބޮޑު ދަރަނީގެ ދަންތުރައެކޭ، ރާއްޖެއިން ޗައިނާ ސަރުކާރަށް ދިހަ ބާރަ ރަށް ދީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ވެސް ގަނެލައިފިޔޭ ވިދާޅުވެ ސަފީރު ރުޅިއަރުވާލައްވައެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގްތިސާދު ހީނަރުވެ ދަައުލަތަށް ލިބެމުން އައި އާމްދަނީ ދަށްވެ، ބޭރު ފައިސާ ވަނުން މުޅިންހެން ހުއްޓި، ދައުލަތުގެ މުވައްޒަފުންގެ މުސާރަ، ނުދެވޭ ހިސާބަށް ގޮސްފައިވާ މިހާލަތުގައި ބޭރުގައުމުތަކުގެ ލޯނާ އެހީތެރިކަމާ ނުލައި ސަރުކާރަށް ހިންދެމިލެވެން ނެތް ކަން އެއީ ގަބޫލުކުރަން ކިތަންމެ ދަތިވި ނަމަވެސް މިއަދުގެ ހަގީގަތެވެ. އަނދަވަޅަކަށް ވެއްޓިފައިވާ ރާއްޖޭގެ އިގްތިސާދަށް އާރޯކަން ގެނެސް، ކުރީގެ ހާލަތަށް ރުޖޫއަވުމަށް މިދަނޑިވަޅުގައި ރާއްޖެ އަށް ބޭރު ދުނިޔޭގެ އެހީތެރިކަން އިންތިހާއަށް ބޭނުންވެއެވެ. މިދަނޑިވަޅުގައި ކޮންމެ ގައުމަކުން ފައިިސާ ފޮއްޗެއް ދިއްކޮށްލި ނަމަވެސް އެފައިސާ ފޮތީގައި ހިފައި ހެއު ހިތުން ބަލައިގަންނަންޖެހެއެވެ. މިއީ ރާއްޖޭގެ ތަރައްގީގައި ބޮޑެތި އެހީތަކެއް ވެފައިވާ އަދި ވަމުންދާ އަވަށްޓެރި، އެކުވެރި ގައުމުތަކަށް އެތިވަރު ގޮވައި ދެ ގައުމެއްގެ ދެމެދުގައި އޮތް ވާދަވެރިކަމުގެ ތެރެއަށް މިކުޑަކުޑަ ރާއްޖެ ވަދެ މަޝްރަހު ހަލަބޮލިކުރަންވީ ވަގުތެއް ނޫނެވެ.
މިއީ ވަކި ގައުމެއްގެ އުނގުތެރެއަށް ވެއްޓި ރާއްޖެ އަޅުވެތިވާ ހިސާބަށް ގެންގޮސް ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވާންވީ ވަގުތެެއްވެސް ނޫނެވެ. މިއީ ޒާތީ ހަސަދަ އާއި ރުޅިވެރިކަމާއި ނަފުރަތު އެއްކައިރިކޮށް އިންޑިއާއާއި، ޗައިނާއާއި އަދި ހުރިހާ އަވަށްޓެރި ރަހުމަތްތެރި ގައުމުތަކާއި ގުޅިގެން އެ ގައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަދެ ވަކި ފަރާތަކަށް ނުޖެހޭ މިނިވަން ޚާރިޖީ ސިޔާސަތެއް ގެންގުޅެންޖެހޭ އެކަން ހާމަކުރަން ޖެހޭ، އެންމެ މުނާސަބު ދަނޑިވަޅެވެ. އެެހެން ނޫނީ މިގައުމު ވެއްޓިފައިވާ އިގްތިސާދީ އަނދަވަޅުން އަރައިގަންނަން ދަތުރުކުރަންޖެހޭ ރާސްތާ ޒަމާންތަކަކަށް ދިގު ދެމިގެން ހިގައިދާނެ ކަމުގެ ބިރު އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު