ފިލްމީ ތަރި އިމްރާން ހާޝްމީއާއި ތަނުޝްރީ ދައްތާ- ގޫގުލް ފޮޓޯސް
ފިލްމީ ތަރި އިމްރާން ހާޝްމީއާއި ތަނުޝްރީ ދައްތާ- ގޫގުލް ފޮޓޯސް
ބޮލީވުޑުގެ ބަތަލާ ތަނުޝްރީ ދައްތާ އޭނާއާއި އިމްރާން ހާޝްމީގެ ކެމިސްޓްރީ އާ ބެހޭގޮތުން ދެއްކި ވާހަކަ ތަކަށް އިމްރާނު ރައްދު ދީފިއެވެ.

އިންޓަވިއުއެއްގައި ބޮލީވުޑުގެ ބަތަލާ ތަނުޝްރީ ދައްތާ އޭނާއާއި އިމްރާން ހާޝްމީގެ ކެމިސްޓްރީ އާ ބެހޭގޮތުން ދެއްކި ވާހަކަ ތަކަށް އިމްރާނު ރައްދު ދީފިއެވެ.

އެގޮތުން މި އިންޓަވިއުގައި ތަނުޝްރީ އެނާގެ ފިލްމު އާޝިގް ބަނާޔާ އާޕްނޭ އާ ބެހޭގޮތުން ވާހަކަ ދައްކަމުން އެ ފިލްމުގައި އޭނާ އާއި އިމްރާންގެ ގުޅުން ހީވީ ކޮއްކޮ އަކާއި ބޭބެ އެއްގެ ގުޅުމެއް ކަމަށް ބުނެފައިވާއިރު، އިމްރާން ވަނީ މިއަށް ދާދި ފަހުން ރައްދު ދީފައެވެ.

އާޝިގް ބަނާޔާ އާޕްނޭ ގެ ލީޑު ރޯލުން އިމްރާން އާއި ތަނުޝްރީ ފެނިފައިވާއިރު، އެ ފިލްމުގެ ޓައިޓަލް ޓުރެކުގައި މި ދެ އެކްޓަރުން ވަރަށް ގައިގޯޅިވާ ލޯބީގެ މަންޒަރުތަކެއް ފެނިފައިވެއެވެ. ފިލްމީގިޔާން އަށް ދިން އިންޓަވިއުއެއްގައި ތަނުޝްރީ ބުނެފައިވަނީ އެދުވަސްވަރު އެފަދަ މަންޒަރުތަކުގެ ސަބަބުން ވަރަށް ގިނަ މީހުންގެ ފާޑުކިޔުން އޭނާއަށް އަމާޒުވާ ކަމަށާއި، އޭގެ ސަބަބުން އޭނާއާއި އިމްރާންގެ ކެމިސްޓްރީއަށް އަސަރުތަކެއް ކުރިކަމަށެވެ. އަދި އެ ދެމީހުން ގެ ގުޅުން އޭނާއަށް ބޮޑަށް ސިފަވެފައިވަނީ ކޮއްކޮ އަކާއި ބޭބެއެއްގެ ގުޅުމެއް ގޮތުގައި ކަމަށް މި އިންޓަވިއުގައި ތަނުޝްރީ ވަނީ ބުނެފައެވެ.

ސްކޫޕު ވޫޕު އަށް ދިން އިންޓަވިއުއެއްގައި ފިލްމު އާޝިގް ބަނާޔާ އާޕްނޭ އަކީ މުޅި މި ޖީލަށް އަސަރުތަކެއް ކޮށްދިން ފިލްމެއްކަން އެނގޭތޯ އަހައި އިމްރާންއާ ސުވާލު ކުރުމުން އޭނާ ވަނީ ތަނުޝްރީ އެ ފިލްމާ މެދު ދެއްކި ވާހަކަތަށް އަޑު އެހިންތޯ ބުނެ ސުވާލު ކޮށްފައެވެެ. އަދި އޭނާ އިތުރަށް ބުނެފައިވަނީ އެދެމީހުންގެ ގުޅުން އަހުވަންތަ ކަމުގެ ގުޅުމެއްގެ ގޮތުގައި ތަނުޝްރީ ފާހަގަ ކޮށްފައިވާ ކަމަށާއި، އެހެން ބުނި އިރު ތަނުޝްރީ ވިސްނަމުން ދިޔަ އެއްޗެއް އޭނާއަކަށް ނޭނގޭ ކަމަށެވެ. އިމްރާން އިތުރަށް ބުނެފައިވަނީ އެފަދަ "އިންސެސްޓު" ގުޅުންތަކާ ބެހޭ މައުލޫމާތެއް އޭނާއަކަށް އެހާ ބޮޑަކަށް ނޭނގޭ ކަމަށާއި، އޭނާ އެ ފިލްމުގައި އެކްޓު ކޮށްފައިވަނީ ޑައިރެކްޓަރު އިރުޝާދު ދިން ގޮތަށް ކަމަށެވެ. މީގެ އިތުރުން އިމްރާން ބުނެފައިވަނީ މި ފިލްމާމެދު އެ ދެމީހުން ދެކޭ ގޮތް ތަފާތު ކަމަށެވެ.

އިމްރާން ހާޝްމީއަކީ ވަރަށް ގިނަ މީހުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ބަތަލަކަށް ވާއިރު، އޭނާގެ އެންމެ ފުރަތަމަ ވެބް ސީރީސް "ޝޯޓައިމް" މި އަހަރު ވަނީ ނިކުމެފައެވެ. މި ސީރީސްއަށް ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާއިރު މި ސީރީސްގެ ދެވަނަ ސީޒަނެއް އަންނާނެ ކަމަށް ހަބަރުތައް ބުނެއެވެ. މީގެ އިތުރުން އޭނާ ފުރަތަމަ ކުޅޭ ތެލަގޫ ފިލްމު "ދޭއި ކޯލް ހިމް އޯޖީ" ވެސް ވަރަށް އަވަހަށް ސިނަމާ ތަކަށް ނިކުންނާނެއެވެ. މި ފިލްމުގައި އޭނާއާއެކު މުހިންމު ރޯލުތަކުން ފެނިގެންދާނީ ޕަވަން ކަލްޔަން އާއި ޕްރިޔަންކާ އަރުލް މޯހަންއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން