މި ސަރުކާރުން މިސްކިތްތަކުގައި ސޯލާ ޕެނަލް ހަރުކުރަން ފަށާނީ ދިރާސާތަކެއް ކުރުމަށް ފަހު ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ނިމިގެން ދިޔަ ސަރުކާރުގައި ވެސް ވަނީ މިސްކިތްތަކުގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަޝްރޫއުތަކެއް ކުރިއަށް ގެންގޮސްފަ އެވެ،
އެސްއެސްޓީވީން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި މިނިސްޓަރު ތޯރިގު ވިދާޅުވީ މިސްކިތްތަކާ ގުޅޭ ގޮތުން މިހާރުވެސް އިސްލާމިކް މިނިސްޓަރު ޑރ. ،މުހައްމަދު ޝަހީމް އަލީ ސައީދުއާއެކު މަޝްވަރާތަކެއް ކުރަމުންދާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި 600 އަށް ވުރެ ގިނަ މިސްކިތް އެބަހުރި ކަމަށާއި އަދި ފުރާޅުތައް ހުރި ގޮތުން ސޯލާ ޕެނަލްތައް ބެހެއްޓޭނީ ބައެއް މިސްކިތްތަކުގައި ކަމަށެވެ.
އެހެންވެ އެކަމަށްޓަކައި ރަނގަޅު ދިރާސާއެއް ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ،.
"ކުރީގައި މިސްކިތްތަކުގައި ސޯލާ ޕެނަލަތައް ބެހެއްޓުމުގެ ވާހަކަތައް ދެކެވިފައި އޮތީ. ނަމަވެސް އެއަށް ބޭނުންވާ ރަނގަޅު ދިރާސާއެއް ހެދިފަކައެއް ނެތް. އެހެންވީމާ އެކަންތައް ކުރުމުގެ މަސައްކަތް އަޅުގަނޑުމެން އިސްލާމި މިނިސްޓްރީއާއި އެންވަޔަރަމަންޓް މިނިސްޓްރީގެ ޓެކްނިކަލް ބޭފުޅުންނާއެކު. މި މަސައްކަތް ނިމޭއިރު އަޅުގަނޑުމެން ޕްރޮޖެކްޓް ލެވަލްއަށް ޑޮކިއުމަންޓޭޝަން ތައްޔާރުކުރެވިފައި އޮންނާނެ. އޭގެ މަސައްކަތުގެ ބޮޑުބައި އަޅުގަނޑުމެން މި ބަލަނީ މި އަހަރު ނިމުމުގެ ކުރިން ޕްރޮޖެކްޓް ލެވަލްއަށް އަޅުގަނޑުމެންނަށް ފަންޑު ހޯދަންށާ އެކަންތައްތައް ކުރަން އަޅުގަނޑުމެން މަސައްކަތްތަކެއް ކުރަމުން މިދަނީ" މިނިސްޓަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު