ތިމާވެށީގެ އެކި މައްސަލަތައް ބަލާ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) މިނިވަން ނުވެގެން ވަކި ކަމެއް ނުވެފައި ނޯންނާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އީޕީއޭ، އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށުން ވަކިކޮށް، މިނިވަން މުސްތަގިއްލު ތަނެއްގެ ގޮތަށް ބަދަލު ކުރުމަކީ ރިޔާސީ ކެންޕެއިންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންނެވި ކަމެކެވެ.

ނަމަވެސް އެެމަނިކުފާނުގެ ދައުރު ނިމުނުއިރު ވެސް އެ ވައުދު ފުއްދަވައިފައެއް ނުވެއެވެ.

އެކަމަކުވެސް ދައުރު ނިމެން އުޅެނިކޮށް އޭރުގެ އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ އީޕީއޭ އަކީ ބާރުވެރި އަދި މިނިވަންކަމާ އެކު ހިނގާ މުއައްސަސާއަކަށް ހެދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން ރިޔާސީ ވައުދު އޮތީ ފުއްދިފައި ކަމަށް ވެސް ޝައުނާ ވިދާޅުވި އެވެ.

ރޭ އެސްއެސްޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި މި ސަރުކާރުގެ އެންވަރަމަންޓް މިނިސްޓަރު ތޯރިގު ވިދާޅުވީ ވައުދު ނުފުއްދައި އީޕީއޭ މިނިވަން ތަނަކަށް ހަދަން އެއްވެސް ވަރަކަށް ކުރީ ސަރުކާރުން މަސައްކަތް ނުކުރާ ކަމަށެވެ.

މިނިސްޓަރު ތޯރިގު ވިދާޅުވީ އީޕީއޭ މިނިވަން ތަނަކަށް ހެދުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަދި އެގޮތަށް މިނިވަންކަން އީޕީއޭ ފަދަ މުވައްސަސާތައް އޮތީވެސް ދުނިޔޭގެ ވަރަށް މަދުތަނެއްގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން އިނގިރޭސިވިލާތް އަދި އެމެެރިކާގައި ވެސް އޮންނަނީ އެގޮތަށް ނޫން ކަަމަށް ވަޒީރު ވިދާޅުވިއެވެ.

އެހެން ނަމަވެސް މި ސަރުކާރުގައި އީޕީއޭ ބާރުވެރިކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޑޭޓުޑޭ އީޕީއޭ ކަންތައްތަކަކާ ނުބެހެން. އެ ވިދާޅުވާ މިނިވަންކަމަކީ ވަކި ބާރުތަކެއް ދީފައި އެއްވެސް ބަޔަކަށް ނުބެހެވޭ ގޮތަށް ކުރާ މިނިވަންކަމެއް، މިހާރަކު އަޅުގަނޑުމެންވެސް ވިސްނުމަކު ނެތް އެކަންތައް ކުރާކަަށް. އީޕީއޭއިން ކުރަން ޖެހޭ މަސައްކަތް ކުރުމަށް ބޭނުންވާ ހުރިހާ ކަމަކާ ޑޭޓުޑޭ ނަގަންޖެހޭ ޑިޒިޝަންތައް ނެގުމާ އެ ހުރިހާ ކަމެއް އެ ބޭފުޅުން އަމިއްލައަށް ކުރަނީ. އެހެންވީމައި އީޕީއޭ މިނިވަން ނުވެގެން ވަކި ކަމެއް ނުވެފައެއް ނޯންނާނެ،" މިނިސްޓަރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-4

އަހުމަރު ޟިހާމް

31-Jul-2024

އަޅުގަނޱު ދެކޭގޮތުގައި ސަރުކާރުތަކުން ތިމާވެށީގެ ވާހަކަ އެއްގޮތަކަށްވެސް ރައްޔިތުންނަށް އަޱުއިވޭވަރަށް ނުދަށްކަންވީ އަދި ރައްޔިތުން އަޱުވެސް ނާހަންވީ އަޱުނާހަންޖެހޭ ސަބަކީ. އެށް ކޮޅުން ތިމާވެށީގެވާހަކަ ދަށްކަމުން އަނެށްކޮޅުން ރާއްޖޭގެ ރީތިފަރު ތަކާ ފުޅުތަށް އެދަނީ ހަލާކު ކުރަމުން އަޅުގަނޱު ހައިރާންވޭ ޔޫރަޕު ގައުމުތަކުން އިންސާނީ ހައްގުތަކޭ ދިވެހިސަރުކާރުން ތިމާވެށްޓޭ ކޮންމެ އަމަޔަކާ ބަފަޔެއްގެ ނަމުގަ ގަސް އިންދަން ގޮވާތީ ވަރަށް ވެދުން



ޓްރެންޑިން