ރައްޔިިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ
ރައްޔިިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމުގެ ބިލްގެ ބަހުސް އަންނަ ހަފްތާގެ ހޯމަ ދުވަހު ފަށާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިންތިހާބު ފަސްކުރުމަށް ސަރުކާރުން ހުށަހަޅާ ބިލްގެ ޑްރާފްޓް މަޖިލީހަށް ލިބިފައިވާކަމަށެވެ. އަދި އެ ބިލްގެ ބަހުސް އަންނަ ހަފްތާގައި ފަށާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކައުންސެލަރ ޖެނެރަލްވެސް ލަފާ އަރުވަނީ ބިލްގެ މަސައްކަތް އަވަހަށް ކުރިއަށްގެންދިއުމަށް ކަމަށެވެ. އެހެންކަމުން ބިލްގެ މަސައްކަތް އަވަހަށް ކުރިއަށްގެންދާނެކަމަށާއި، އިންތިހާބު ފަސްކުރުމާއި ގުޅޭގޮތުން ދެ ވިސްނުމެއް އެބަ އޮތްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެގޮތުން އަންނަ އިންތިޚާބާއި ހަމައަށް، މިހާރު ތިބި ކައުންސިލަރުންގެ ދައުރާމެދު ގޮތެއް ނިންމަވާނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމަށް އެމަނިކުފާން ވިދާޅުވިއެވެ.

މިދިޔަ މާރޗް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެއްސި ލޯކަލް ކައުންސިލް އިންތިހާބު، ކޯވިޑް-19 އާއި ގުޅިގެން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާ ކޮށްފައުވާތީ އިލެކްޝަންސް ކޮމިޝަނުން ވަނީ އޭޕްރިލް 18 ވަނަ ދުވަހަށް އިންތިހާބު ފަސްކޮށްފައެވެ. އޭގެ ފަހުން އީސީން ބުނެފައިވަނީ އިންތިހާބު މުއްދަތެއް ނެތްގޮތަށް ފަސްކުރުމަށް ކޮމިޝަންގެ މެމްބަރުން ނިންމާފައިވާކަމަށެވެ. އަދި އެކަމާއި ގުޅިގެން އީސީން ހައިކޯޓަށާއި، ސުޕްރީމް ކޯޓަށް މައްސަލައެއްވެސް ހުށަހެޅި އެވެ. މިކަމަ ގުޅިގެން ރައީސް ނަޝީދު ވިދާޅުވެފައިވަނީ މިކަމަށް ހައްލެއް ހޯދޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށެވެ.

އެހެން ނަމަވެސް އިންތިހާބު ތައް ފަސްކުރުމަކީ ކޯޓަށް ކުރެވޭނެ ކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ އާއި، އިންތިހާބު ފަސްކުރުމުގެ ކަންކަމަށް މަޖިލީހުން ހައްލެއް ހޯދާނެކަމަށް ވިދާޅުމުން އީސީން ވަނީ ކޯޓަށް ހުށަހެޅި މައްސަލަވެސް އަނބުރާ ނަގާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން