ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރުގެ ކޫލް ރައީސެއް ދެކިވަޑައިނުގަންނަވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ރޭ ޕީއެންސީ އިން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަރުގެ ކޫލް ރައީސެއް ދެކެވަޑައިނުގަންނަވާ ކަމަށާއި އެމަނިކުފާނަކީ ސާދާ ސީދާ އަދި އަހުލާގު ރަނގަޅު ބޭފުޅެއްކަމަށެވެ.

އެހެންކަމުން އެމަނިކުފާނާއިއެކު މަސައްކަތް ކުރަން ވަރަށް ފަސޭހަކަމަށް ވިދާޅުވިއެވެ.

އަދި ދިވެހި ރައްޔިތުންނަށްޓަކައި ރެޔާއި ދުވާލު އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަ ކުރައްވާ އެމަނިކުފާނަށް އާދަމް ޝަރީފް ވަނީ ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރުގެ ސާދާ ސީދާ އަދި އެހާ ކޫލު ޕްރެސިޑެންޓެއް އަޅުގަނޑުމެން ނުދެކެން. އަޅުގަނޑުމެންނަށް ވަރަށް ފަސޭހަ ރައީސާކު މަސައްކަތް ކުރަން،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ރައީސަކީ މަޝްވަރާއަށް އިސްކަން ދެއްވާ ބޭފުޅެއް ކަމަށާއި އަމިއްލަ ޒާތުފުޅަށް ނިންމެވޭވަރުގެ ކަންކަން ވެސް ވަޒީރުންގެ މަޖިލީހާއި ޕާޓީގެ ލީޑަރޝިޕާއި އަދި އާންމު މެންބަރުންނާ ވެސް މަޝްވަރާ ކުރުމަށް ފަހު ނޫނީ ނުނިންމަވާ ކަމަށެވެ.

އޭގެ އިތުރުން ރައީސް ޑރ. މުއިއްޒަށް އެކި ތުހުމަތުތައް ކުރާ ފަރާތްތަކުން އެމަނިކުފާނާއި ދެކޮޅަށް ފުރިހަމަ ހެއްކާއި ގަރީނާއާއެކު ކުށް ސާބިތުކޮށްދެއްވުމަށް އެދިވަޑައިގަންނަވާކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން