ވެރިމީހާއަށް އޮޅުވާލައިގެން ބޮޑު ސްކޭމެއް ހިންގި އަންހެން މުވަޒަފު، ޝާލޮޓް ޖޭމްސް ކޯޓުގެ އަޑުއެހުމަށް ފަހު ގެންދަނީ
ވެރިމީހާއަށް އޮޅުވާލައިގެން ބޮޑު ސްކޭމެއް ހިންގި އަންހެން މުވަޒަފު، ޝާލޮޓް ޖޭމްސް ކޯޓުގެ އަޑުއެހުމަށް ފަހު ގެންދަނީ
ސަރުކާރުގެ އެކި އިދާރާތަކުގެ އީމެލް ފޯޖުކޮށްގެން، މުވައްޒަފަކު އޭނާގެ ވެރިމީހާއަށް އޮޅުވާލައިގެން ދިހަ އަހަރު ތެރޭގައި 3.7 މިލިއަން ސިންގަޕޫރު ޑޮލަރު ވަގަށް ނަގި ކަމަށް ހަބަރުތަކުގައި ރިޕޯޓު ކޮށްފިއެވެ.

ސީއެންއޭގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ސިންގަޕޫރުގެ ގެދޮރު އިމާރާތްކުރުމާއި ގަނެވިއްކުމުގެ ވިޔަފާރިކުރާ ކުންފުންޏެއްގައި މަސައްކަތް ކުރަމުންދިޔަ، ލިން ޝާލޮޓް ޖޭމްސް ނަމަކަށް ކިޔާ މި އަންހެން މީހާވަނީ 10 އަހަރު ތެރޭގައި އެކުންފުނީގެ ވެރިމީހާގެ އަތުން 3.7 މިލިއަން ސިންގަޕޫރު ޑޮލަރު (2.8 ޔޫއެސް ޑޮލަރު) ވަގަށް ނަގާފައެވެ. އޭނާ މިކަން ކޮށްފައިވަނީ ފޯޖު ކޮށްފައިހުރި އީމެއިލްތަކެއް ބޭނުން ކޮށްގެން ކަމަށްވެސް މި ރިޕޯޓުގައި ވެއެވެ.

10 އަހަރު ދުވަސްވަންދެން ދިގުދެމިގެން ދިޔަ މި ވައްކަން ފަޅާ އަރާފައިވަނީ މި ސްކޭމްގެ ޝިކާރައަކަށްވި ފަރާތުގެ އާއިލާ ފަރާތަކަށް މިކަމުގެ ހިލަމެއްވެ އެކަން ކަމާބެހޭ ފަރާތްތަކަށް އެންގުމުން ކަމަށްވެސް މި ރިޕޯޓުގައި ވެއެވެ.

މި ރިޕޯޓުގައި ލިން މި ސްކޭމް ހިންގި ގޮތުގެ ތަފްސީލުވެސް ހިމަނާފައިވެއެވެ. އެގޮތުން އޭނާ އީމެއިލްތައް ފޯޖު ކޮށްފައިވަނީ ސިންގަޕޫރު ސަރުކާރުގެ އޮފިޝަލުންގެ ގޮތުގައި ޕޯސް ކޮށްގެން ކަމަށްވެސް މި ރިޕޯޓުގައި ވެއެވެ. އަދި އެ އީމެއިލްތަކުގައި ސަރުކާރުގެ އިދާރާތަކުގެ ބޮއިލަރޕްލޭޓުތަކާއި، ޔޫއާރްއެލްތަކާއި ކޮންފިޑެންޝަލިޓީ ވާނިންތައް އެކުލެވިފައިވާއިރު އެ އީމެއިލްތައް ފޮނުވާފައިވަނީ މިނިސްޓްރީ އޮފް ލޯގެ ސިސްޓަމުން ޖެނެރޭޓު ކުރާ މެއިލްތަކާ އެއްގޮތަށް ކަމަށްވެސް މި ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

ސީއެންއެންގެ ރިޕޯޓްގައި ވާގޮތުން އެމުވައްޒަފު ވަނީ ވެރިމީހާއަށް އޮޅުވާލުމުގެ ގޮތުން ސަރުކާރުގެ ތަފާތު އެކި އިދާރާތަކުގެ ނަން ބޭނުން ކޮށްފައިވާއިރު އޭގެ ތެރޭގައި، އިންސޮލްވެންސީ އެންޑް ޕަބްލިކް ޓްރަސްޓީސް އޮފީސް (އައިޕީޓީއޯ) އާއި، ސިންގަޕޫރުގެ ކޯޓުތައްވެސް ހިމެނެއެވެ.

ތިރީގައި މި ހިމަނާލަނީ އޭނާ ފޯޖު ކޮށްފައިވާ ބައެއް މެއިލް ތަކެވެ.





މި ސްކޭމްތަކުގެ ސަބަބުން، އުމުރުން 70 އަހަރުވެފައިވާ ވެރިމީހާއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނީ ލިބިފައެވެ. އެގޮތުން އޭނާއަށް މާލީ ގޮތުން އެތައް ގެއްލުންތަކެއް ލިބިފައިވާއިރު، މި ކޭސްގެ ސަބަބުން ކުރިމަތިވި ސްޓްރެސް ގެ ސަބަބުން އޭނާއަށްވަނީ ސްޓުރޯކެއް ޖެހިފައިވާ ކަމަށްވެސް ސީއެންއޭގެ ރިޕޯޓުގައި ވެއެވެ. އަދި މި މައްސަލައިގެ ސަބަބުން އޭނާއާއި އޭނާގެ އަނބިމީހާ ވަރިފަށަށް އަރާފައިވާ ކަމަށާއި، އެމީހުން މިހާރު ދިރިއުޅެން ޖެހިފައިވަނީ ކުއްޔަށް ހިފާފައިވާ ގެއެއްގައި ކަމަށްވެސް މި ރިޕޯޓުގައި ވެއެވެ.

މީގެ އިތުރުން މިމައްސައްލަ ތަހުގީގުކުރެވި ސްކޭމްތައް ހިންގި އަންހެން މުވައްޒަފަށް މިދިޔަ ހަފްތާގައި ވަނީ 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން