އިންޑިއާގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން 21 ދުވަހުގެ މުއްދަތަށް މުޅި ޤައުމު ލޮކްޑައުން ކޮށްފައިވާތީ ދަތުރުފަތުރު ހުއްޓާލުމާއި ގުޅިގެން ރާއްޖެ ނުގެނެވި ހުރި 6.2 ޓަނުގެ ބޭހުގެ ޝިޕްމަންޓެއް އިންޑިއާ ސަރުކާރުގެ އެހީގައި މިއަދު ރާއްޖެ ގެނެސްދީފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިއަދު ބުނީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން އިންޑިއާ އެއަރ ފޯސްއިން "އޮޕަރޭޝަން ސަންޖީވަނީ" ގެ ނަމުގައި އޮޕަރޭޝަނެއް ހިންގައި، ސްޓޭޓް ޓްރޭޑިންގ އޯރގަނައިޒޭޝަން (އެސްޓޯއޯ) އިން އިންޑިއާގެ ހަތް ސަޕްލަޔަރެއްގެ އަތުން ގަނެފައިވާ އޯޑަރުތަކުގެ ތެރެއިން ރާއްޖެއަށް ނުގެނެވި ތާށި ވެފައިވާ ޝިޕްމެންޓެއް ރާއްޖެ ގެނެސްދީފައި ވާނެކަމަށެވެ.
ބޭހުގެ މިޝިޕްމެންޓް ގެނައުމުގައި އިންޑިއަން އެއަރފޯސްއިން ދިން އެހީ ފާހަގަކުރައްވާ މިޝިޕްމެންޓް ގެނައުމުގެ ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން އިންޑިއާ ސަރުކާރަށް ހަނދާނީ ފިލައެއް ވަނީ އަރުވާފައެވެ. މި ފިލާ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރާއި ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލްއެވެ.
މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ މިއީ އިންޑިއާއާއި ރާއްޖެއާއި އޮތް ގުޅުން ޢަމަލުން ފެންނަމުންދާ ދަނޑިވަޅެއްކަމަށާއި ކޯވިޑް 19ގެ މިވަގުތުގައިވެސް، އިންޑިއާގެ އެހީ ހުރިހާ ދާއިރާއަކުންވެސް ލިބުނު ފުރަތަމަ ޤައުމަކަށް ރާއްޖެ ވެފައިވާކަމަށެވެ.
އިންޑިއާއިންވަނީ ހިލޭ އެހީގެ ގޮތުގައި މިދިޔަމަހު ރާއްޖެއަށް 5.5 ޓަނުގެ ޒަރޫރީ ބޭހުގެ ޝިޕްމަންޓެއްވެސް ހަދިޔާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު