އިހަވަންދިއްޕޮޅުގައި އެސްޓީއޯއިން ތަރައްގީކުރަން ނިންމާފައިވާ ބަންކަރިން ފެލިސިޓީގެ މަސައްކަތް ލަސްވާތީ އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން އަމްރޫ ސަރުކާރަށް ފަޑުވިދާޅުވެއްޖެއެވެ.

މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިހަވަންދިއްޕޮޅުގައި އެސްޓީއޯ އިން އަޅާ ބަންކަރިން ފެސިލިޓީގެ މަސައްކަތް ނިމި މި އޮގަސްޓް މަހު ހިދުމަތް ދޭން ފެށޭނެ ކަމަށެވެ.

އަދި އޭގެ ސަބަބުން އިގުތިސާދަށް ލިބޭނެ ފައިދާ އާއި ގުޅޭގޮތުން އެމަނިކުފާނު ވަނީ އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.

އެމަނިކުފާނު ވިދާޅުވީ އެއީ ވެސް ފަށަން ފަށަން ބާއްވާފައި އޮންނަ ހިދުމަތަކަށް ނުހައްދަވާނެ ކަމަށެވެ.

ރައީސް އެހެން ވިދާޅުވުމާއި ގުޅިގެން އަމްރު މިއަދު އެކްސްގައި ވިދާޅުވީ، އެއީ ކުރީ ސަރުކާރުގައި ހުރިހާ ހިސާބެއްޖެހާ، ބޯޓާއި، ކަމަށް ބޭނުންވާ ފަންޑުވެސް ހޯދާ، ސަރުކާރުން ބޭނުންވާ ހުއްދަތައް ހޯދާނިމިފައިވާ ޕްރޮޖެކްޓެއް ކަމަށެވެ.

އަދި ފައިނަލް ސްޓޭޖްގައި ތަބަކަކަށް ލާފަ މިސަރުކާރަށް ލިބުނު އެ ޕްރޮޖެކްޓް ‏ފުރަތަމަ މަހުވެސް ފެށެންއޮތް ކަމަށާއި ނަމަވެސް ސަރުކާރަށް އަހަރެއް ވާންދާއިރު ނުފެށިއޮތީ ސަރުކާރުގެ ދޯހަޅިކަމުން ކަމަށް އަމްރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން