ކަސްޓަމަރުންގެ ފީޑްބެކަށް ބެލުމަށްފަހު އާރްޓީއެލް ފުވައްމުލަކު، ވާދޫ ރޫޓަށް އައު ސްޓޮޕެެއް އިތުރުކޮށްފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

ދަތުރުފަތުރުގެ ނިޒާމުން މުޅި ރާއްޖެ ގުޅާލުމަށް ކުރަމުންދާ މަސައްކަތްތުގެ ތެރެއިން ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރްޓީއެލް) އިން ފުވައްމުލަކު، ވާދޫ ރޫޓަށް އިތުރުކޮށްފައިވާ ސްޓޮޕަކީ ފަރެސްމާތޮޑާ އެވެ.

އާރްޓީއެލް ފެރީގެ ހިދުމަތުގައި ހިމެނޭ ޒޯން 5 (ހުވަދު އަތޮޅު) އަދި ޒޯން 6 (އައްޑޫ ސިޓީ / ފުވައްމުލައް ސިޓީ) ގުޅުވައިދޭ ފުވައްމުލައް، ވާދޫ ރޫޓަށް އައު ސްޓޮޕް އިތުރުކޮށް ދަތުރުތައް އަޅަން ފަށާނީ 4 އޮގަސްޓް އިން ފެށިގެން ކަމަށް އެމްޓީސީސީއިން ބުނެއެވެ.

އެމްޓީސީސީ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިފަދައިން ބަދަލު ގެނެވިފައިވަނީ ކަސްޓަމަރުންގެ ފީޑްބެކް އަށް ބެލުމަށްފަހުގައި މި ޒޯނުގެ ހިދުމަތް އިތުރަށް ރަނގަޅު ކުރުމަށް ކަމުގައެވެ.

އެމްޓީސީސީން ދެމުން އަންނަ އާރުޓީއެލް ބަހާއި ފެރީގެ ހިދުމަތުގައި މިހާރު މާލެއާއި އަތޮޅުތަކުގައި 105 ބަސް އަދި ފެރީގެ ހިދުމަތުގައި 25 އުޅަނދު ބޭނުންކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން