ފަލަސްތީނުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު މުސްތަފާ ނަޖުމު ރާއްޖެ ވަޑައިގަތުމަށް ދައުވަރު އަރުވައިފި އެވެ.
އެ ދައުވަތު އަރުަވާފައިފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ސައުދީ އަރަބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެވެ.
ޝަހީމް އެކްސްގައި ވިދާޅުވީ ފަލަސްތީނުގެ އިސްލާމީ މިނިސްޓަރަށް ދައުވަތު ދެއްވީ ރާއްޖެވަޑައިގެން، އިސްލާމީ މަރުކަޒުގައި ޚުޠުބާއެއް ދެއްވުމަށް ކަމަށެވެ.
"އިންޝާ ﷲ އެމަނިކުފާނު ރާއްޖެވަޑައިގަންނަވާނެ." މިނިސްޓަރު އިތުރަށް ވިދާޅުވި އެވެ.
މީގެ ކުރިން 1984 ގައި ފަލަސްތީނުގެ އޭރުގެ ރައީސް ޔާސިރު އަރަފާތުވެސް އަދި 2012 ގައި ފަލަސްތީނުގެ މިހާރުގެ ރައީސް މަހްމޫދު އައްބާސް ވެސް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި އެވެ،
އިސްރާއިލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް ސަރުކާރުން ދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރަމުން ނެވެ.
ނަމަވެސް ދާދި ފަހުން ފަލަސްތީނުގެ ކުރީގެ ބޮޑުވަޒީރު އިރާނުގައި ޝަހީދުކޮށްލި ހާދިސާއާ ގުޅިގެން ސަރުކާރުން އެކަން ކުށްވެރިކުރުން ލަސްކުރުމުން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވި އެވެ،

ކިޔުންތެރިންގެ ހިޔާލު