ބަންދުގައި ހުރި މީހަކު ކުށްވެރިން ބައިތިއްބާ މަރުކަޒަކުން ނެރެނީ
ބަންދުގައި ހުރި މީހަކު ކުށްވެރިން ބައިތިއްބާ މަރުކަޒަކުން ނެރެނީ
ޤައިދީންނަށާއި ބަންދުމީހުންނަށް ވީޑިއޯ ކޯލް މެދުވެރިކޮށް ޢާއިލާތަކާ ބައްދަލުކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވާކަން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހާމަކޮށްފިއެވެ.

ކަރެކްޝަންގެ ޤައިދީންނާއި ބަންދުމީހުންނަށް ވީޑިއޯ ކޯލު ދިނުމުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލަށް މިއަދު ޢަމަލުކުރަން ފަށައި، އެ މުއައްސަސާއިން ވަނީ އެ އުސޫލު އެ ސަރވިސްގެ ވެބްސައިޓުގައި އާންމުކޮށްފައެވެ.

ކަރެކްޝަނުން ބުނީ މިގޮތަށް ވީޑިއޯ ކޯލް ކުރުމުގެ ފުރުސަތު ދިނުމުގެ މަޤްސަދަކީ، ދިމާވާ ކުއްލި ޙާއްލަތްތަކުގައި، ޢާއިލީ ބައްދަލުވުން މެދުކަނޑާލަން ޖެހޭ ޙާލަތްތަކުގައްޔާއި، ޢާއިލީ ބައްދަލުވުންތަކަށް ޖަލަށް ޒިޔާރަތް ނުކުރެވޭ ޢާއިލާތަކަށާއި އަދި އެނޫންވެސް ޟަރޫރީ ޙާލަތްތަކުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ޢާއިލާ މެމްބަރުންނާ ބައްދަލުކޮށް ޢާއިލާއާ އޮންނަ ގުޅުމަށް ހީނަރުކަމެއް އަޔަނުދީ، އެގުޅުން ހެޔޮގޮތުގައި ދެމެހެއްޓުން ކަމަށެވެ.

އަލަށް އެކުލަވާލެވުނު މި އުސޫލުގައިވާ ގޮތުން ކޮންމެ ޤައިދީއަކަށާއި ބަންދުމީހަކަށް ޢާއިލީ ބައްދަލުވުމުގެ ގޮތުގައި “ސްކައިޕް” މެދުވެރިކޮށް މަހަކު 2 ފަހަރު 15 މިނެޓުގެ ވީޑިއޯ ކޯލެއް ދިނުމަށް ކަނޑައަޅާފައި ވެއެވެ.



މީގެ އިތުރުން، ވީޑިއޯ ކޯލުގެ ފުރުޞަތު ލިބިގެންދާނެ އިތުރު ޙާލަތްތަކެއް ވެސް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އެ ގޮތުން ޢާއިލާ މެމްބަރަކު ބަލި ޙާލަތު ބޮޑުވެ އެޑްމިޓްކޮށްފައިވަނިކޮށް، ޤައިދީ ނުވަތަ ބަންދުމީހާ ނުގެންދެވުމާއި، ޢާއިލާ މެމްބަރެއްގެ ޖަނާޒާގައި ބައިވެރިވުމަށް ނުގެންދެވުމާއި، އަނިބިމީހާ ވިހެއުމާ ގުޅިގެން ނުގެންދެވުމާއި، ދަރިފުޅު ހިތާނަ ކުރުމާ ގުޅިގެން ނުގެންދެވޭ ހާލަތްތަކުގައި ވެސް 15 މިނެޓުގެ ވީޑިއޯ ކޯލެއް ދިނުމަށް ވަނީ ހަމަޖައްސާފައެވެ.

ހަމަ އެއާއި އެކު، އެއްވެސް ޙާލަތަކާ ގުޅިގެން ވަކީލުގެ ބައްދަލުވުންތައް މެދުކަނޑާލަން ޖެހިއްޖެ ނަމަ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވަކީލުންނާ ވެސް ބައްދަލު ކުރެވޭނެ ގޮތް މި އެކުލަވާލެވުނު އުސޫލުގައި ބަޔާންކޮށްފައިވާނެކަމަށް ކަރެކްޝަނުން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން