މިނިސްޓަރު ހަލީލް މަޖިލީހުގައި--
މިނިސްޓަރު ހަލީލް މަޖިލީހުގައި--
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އެސްޓީއޯއަށް ދައްކަން އޮތް އެތައް މިލިއަން ރުފިޔާގެ ދަރަނީގެ ތެރެއިން ބޮޑު ބައެއް ދައްކާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހަލީލް ވިދާޅުވީ ސިއްހީ ފަރުވާދޭ ތަންތަނުން ކޮންސިއުމަބަލް ރިއޭޖަންޓްސް ހުސްވުމަކީ އަބަދުވެސް ދިމާވާ ކަމެއް ކަމަށެވެ.

ހެލްތު މިނިސްޓަރ ވިދާޅުވީ މިފަދަ ކަންކަން ހައްލު ކުރުމަށް އެސްޓީއޯއާ ވާހަކަ ދައްކަމުންދާ ކަމަށެވެ. އަދި މަސައްކަތް ކުރަމުންދަނީ އެކަންކަން ނުހުއްޓޭނެ ފަދަ ނިޒާމެއް ގާއިމުކުރަން ކަމަށް ވެސް މިނިސްޓަރ ޚަލީލު ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ކޮންސިއުއެބަލްސް، ރީއެޖެންޓްސްއާއި އަދިވެސް އެދާއިރާއާ ގުޅުން ހުރި އެހެން ހަރަދުތަކުގެ ގޮތުގައި އެސްޓީއޯއަށް ދައްކަންޖެހޭ ފައިސާގެ އަދަދު 300 އެއްހާ މިލިޔަން ރުފިޔާއަށް އަރާ ކަމަށެވެ.

"އޭގެތެރެއިން ބޮޑުބައެއް އަޅުގަނޑުމެން ވާނީ އަދާކޮށްފައި. އޭގެ ނަތީޖާއަކީ އެސްޓީއޯއަށްވެސް ތަކެތި ފޯރުކޮށްދިނުމުގައި ލުއި ފަސޭހަތަކެއް ވުން." މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން ސިއްހީ ދާއިރާގައި ޕްރައިވެޓް ކުންފުނިތަކުންވެސް ހަރަކާތްތެރިވާއިރު އެ ބޭފުޅުންނާ ވާހަކަ ދައްކައިގެން ސޮފްޓްވެއާއެއް ތަރައްގީ ކުރަމުންދާ ކަމަށާއި އެ ސޮފްޓްވެއާގެ ތެރެއިން ރަށްރަށުގައި ކޮންސިއުބަލްސް ހުރި އަދަދުތައް އެނގޭނެ ކަމަށް ސިއްޙީ ވަޒީރު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން