ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް
ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް
ފާއިތުވި ހަފްތާގައި ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދެގުނައަށް އިތުރުވެ، ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިލިއަނަކާ ގާތްވެއްޖެކަމަށް ވޯލްޑް ހެލްތް އޯރގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ގެ ޗީފް ޓެޑްރޯސް އަދެނަމް ގެބްރެޔަސަސް ވިދާޅުވެއްޖެއެވެ.

ޓެޑްރޯސް ވިދާޅުވީ މިހާރު ދުނިޔޭގެ މީހުން ދިރިއުޅޭ ހުރިހައި ގައުމެއްގައި ކަހަލަ ގޮތަކަށް މި ބަލި ފެތުރިފައިވާކަމަށެވެ. ބަލިފެތުރެމުންދާތާ 4 މަސް ވެގެންދާއިރު، ބަލި ފެތުރެމުންދާ ބާރުމިނުގެ ސަބަބުން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރައްވަމުން ޓެޑްރޯސް ވިދާޅުވީ ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ ޖުމްލަ އަދަދު މިލިއަނަކަށް އަރާނެކަމަށާއި، މަރުވި މީހުންގެ އަދަދު ބައި ލައްކަ އަށް އަރާނެކަމަށެވެ.

ޑަބްލިއުއެޗްއޯގެ ޗީފް މިގޮތަށް ވިދާޅުވެފައިވާއިރު، ކޮރޯނާ ވައިރަސް މިވަގުތު އެންމެ ހަލުވިކަމާއެކު ފެތުރެމުންދަނީ އެމެރިކާގައިކަން ފާހަގަކޮށްލެވެއެވެ. އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކުރިއަށް އޮތް ދެހަފްތާގެ ތެރޭގައި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވާނެކަމަށާއި އެކަމަށް ރައްޔިތުން ސަމާލުވުމަށް އަންގަވާފައެވެ. އެމެރިކާއިން މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވް 213000 ކޭސް ފެނި 5119 މީހުން މަރުވެފައިވެއެވެ.

ރާއްޖޭގައި މި ބައްޔަށް 19 މީހަކު ޕޮޒިޓިވް ވެފައިވާއިރު، މީގެތެރެއިން 13 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ބަލި ޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ 15 ބިދޭސީންނާއި 4 ދިވެއްސެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން