ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުއްރަހީމް އަބްދުﷲ އދ. މާމިނގިއްޔަށް ވަޑައިގެންފި އެވެ.
ޖުމްހޫރީ ޕާޓީން ބުނީ މިއީ އަބްދުއްރަހީމް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާ ސީދާ ބައްދަލުކުރެއްވުމަށް ކުރެއްވި ދަތުރުފުޅެއް ކަމަށެވެ.
މަޖިލީހުގެ ރައީސަށް މާމިގިލީ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ވެސް ސީދާ ގާސިމް އިބްރާހިމެވެ.
ރަތް ދޫލައިން ދެންނެވި މި މަރުހަބާގައި މާމިގިލީ އެއަޕޯޓްގެ ވެރިންނާ ޖޭޕީގެ މެމްބަރުން ވަނީ ބައިވެރި ވެވަޑައިގެންފަ އެވެ.
އެ ދަތުރާ ގުޅޭ ގޮތުން އަބްދުއްރަހީމް ވެސް މަޖިލީހުން ވެސް ވަކި އެއްޗެއް ނުުބުނެ އެވެ.
ޖުމްހޫރީ ޕާޓީން ބުނީ އެ ދަތުރުގައި މަޝްވަރާކުރެވުނު ކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ލިބުމުން އެ މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށެވެ.
ގާސިމް ގެންދަވަނީ މަޖިލީހުގެ ތެރެއިން ވެސް މި ސަރުކާރަށް ވަރަށް ބޮޑަށް އެއްބާރުލުން ދެއްވައި އެމަނިކުފާނުގެ ތަޖުރިބާ ހިއްސާ ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު