މި ސަރުކާރަށް ނުވަމަސް ވެގެން ދިޔައިރު ވެސް ސަރުކާރުން ކަންކަން ކުރާނެގޮތުގެ ސިޔާސަތެއް އަދި މިސްރާބެއް ވެސް ސާފުކޮށް އެނގެން ނެތްކަމަށް މިދިޔަ ސަރުކާރުގެ ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ހަވަރުބެރުގެ ނަމުގައި މިރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ޝައުނާ ވިދާޅުވީ, ފެނިގެން ދަނީ މި ސަރުކާރުން ވެރިކަމަށް އައުމަށްޓަކައި ވައުދުވީ ކަންތައްތަކުގެ ތެރެއިން ގިނަ ކަންކަން ފުރިހަމަ ވެގެން ނުދާތަން ކަމަށާއި ވައުދުވީ ކަންކަން ކުރާނެ ގޮތެއް އަދި ރިސޯސްވެސް ސަރުކާރަށް ހޯދިފައި ނެތުމުން އެކި ގޮތްގޮތަށް ސިޔާސަތުތައް ބަދަލުކުރަމުން ދާ މަންޒަރު ކަމަށެވެ.

ސިޔާސަތުތައް ބަދަލުވިކަން ފާހަގަ ކުރައްވަމުން ޝައުނާ ވަނީ މައިގަނޑު ތިންކަމެއް ފާހަގަ ކުރައްވާފައެވެ. އޭގެތެރޭގައި އިދިކޮޅުގައި ތިބިއިރު ޕީޕީއެމްޕީއެންސީ އިން އިންޑިއާ އައުޓްގެ ނަމުގައި ކުރިއަށް ގެންދިޔަ ކަންކަން މިހާރު މުޅިން އެއްކޮށް ބަދަލުވެފައިވާކަމަށާއި, ސިޔާސީ މަގާމުތަކުގައި ތިބޭ މުވައްޒަފުންގެ އަދަދު 700 އަށްވުރެ ގިނަ ނުކުރައްވާނެކަމަށް ވިދާޅުވެފައި އެ އަދަދު މިހާރު ހާމަކުރަން ވެސް އިންކާރު ކުރަމުން ދާކަމަށާއި އަދި އެ އަދަދު މިހާރު 2000 އިން މަތިވެފައިވާކަމަށް މައުލޫމާތު ލިބޭކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ރަސްމާލޭ ހިއްކުމުގެ ޕްރޮޖެކްޓަށް ވެގެންދިޔަ ގޮތުން ވެސް މި ސަރުކާރުގެ ސިޔާސަތުތައް ވަރަށް އަވަހަށް ބަދަލުވާކަން ހާމަވާކަމަށް ޝައުނާ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ ނުވަ މަސްދުވަސް ވެގެން ދިޔައިރު މި ސަރުކާރުން އެކި ކަންކަމުގައި ގެންގުޅޭ ސިޔާސަތުތަކަކީ ކޮބައިކަން ސާފުވާން ނެތްކަމަށާއި މިހާ ދުވަސްވީއިރު ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް ވެސް އެކުލަވާލާފައި ނެތްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން