މަރްޔަމް ނަހްދާ ވަޙީދު   13 އޯގަސްޓު 2024 - 0:36
ބޮލީވުޑުގެ ޕަވާ ކަޕްލް އެއް ކަމަށްވާ އަބިޝެކް ބައްޗަން އާއި އައިޝްވާރިޔާ ރާއި ބައްޗަން- ގޫގުލް އިމޭޖެސް
ބޮލީވުޑުގެ ޕަވާ ކަޕްލް އެއް ކަމަށްވާ އަބިޝެކް ބައްޗަން އާއި އައިޝްވާރިޔާ ރާއި ބައްޗަން- ގޫގުލް އިމޭޖެސް
ބޮލީވުޑުގެ މަޝްހޫރު "ޕަވާ ކަޕުލް" ގެ ތެރޭގައި ހިމެނޭ އަބިޝެކް ބައްޗަން އާއި އައިޝްވާރިޔާ ރާއި ބައްޗަން ވަރި ނުވާކަމަށް އަބިޝެކް ބުނެފިއެެވެ.

އަބިޝެކް މިހެން ބުނެފައިވަނީ މި ދެ ތަރިންގެ ކައިވެންޏާ ބެހޭ ގޮތުން މީޑިއާތަކުގައި އެކިކަހަލަ ހަބަރުތައް ފެތުރެމުންދާތީ އެއަށް ރައްދު ދިނުމުގެ ގޮތުންނެވެ. އެގޮތުން ބޮލީވުޑު ޔޫކޭ މީޑިއާއަށް އަބިޝޭކް ދިން އިންޓަވިއުއެއްގައި އޭނާގެ ކައިވެނީގެ އަނގޮޓި ދެއްކުމަށްފަހު އޭނާ އަދިވެސް ކައިވެނި ކޮށްގެން އުޅޭކަމަށް ބުނެފައިވާކަމަށް އީ ޓައިމްސް އިން ވަނީ ރިޕޯޓު ކޮށްފައެވެ. އަދި އެމީހުންނަކީ ސެލެބްރިޓީންނަށް ވުމުން މިކަހަލަ ވާހަކަތައް މީހުން ފަތުރާނެ ކަމަށާއި، އެކަންތަކަށް ރައްދުދިނުން އެހާ މުހިންމު ކަމަށް ގަބޫލު ނުކުރާ ކަމަށްވެސް އޭނާ ވަނީ ބުނެފައެެވެ.

އަބިޝެކް އާއި އައިޝްވާރިޔާގެ ކައިވެނީގައި މައްސަލަތަކެއް ދިމާވެ، ކައިވެނި ރޫޅިއްޖެކަމަށް ބުނެ ހަބަރު ފެތުރެން ފަށާފައިވަނީ އަނަންތު އާއި ރާދިކާގެ ކައިވެނި ހަފްލާއަށް މި ދެ ތަރިން ވަކިވަކިން ގޮސްފައި ވުމުންނެވެ. އެގޮތުން މި ހަފްލާއަށް އައިޝްވާރިޔާ އެދެމީހުންގެ އަންހެން ދަރިފުޅާއެކު ގޮސްފައިވާއިރު، އަބިޝޭކް ގޮސްފައިވަނީ އޭނާގެ އާއިލާގެ މީހުންނާ އެކީގައެވެ.

މިފެމަފިރިން ވަރިވެއްޖެ ކަމުގެ އަޑުގަދަވެފައިވަނީ ދާދި ފަހުން އައިޝްވާރިޔާ އެކަނި މާއެކަނި ޗުއްޓީހޭދަ ކުރުމަށް އެމެރިކާއަށް ގޮސްފައިވުމުންނެވެ.

އަބިޝެކް ބައްޗަން އާއި އައިޝްވާރިޔާ ރާއި ބައްޗަން އަކީ ބޮލީވުޑުގެ އެންމެ ފުރަތަމަ "ޕަވާ ކަޕުލްސް" ގެ ތެރޭގައި ހިމެނޭ ދެތަރިންނެވެ. މި ދެ މިދެމަފިރިން ކައިވެނި ކޮށްފައިނީ 2007 ގައެވެ. އަދި މި ކައިވެންޏަށް ދަރިއަކު ލިބިފައިވަނީ 2011 ގައެވެ. މަންމައަކަށް ވުމަށްފަހު އައިޝްވާރިޔާ ވަނީ އޭނާ މަސައްކަތްކުރާ ފިލްމުތައް ލިމިޓު ކޮށްފައެވެ. އެގޮތުން އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މަނީ ރަތްނަމްގެ ފިލްމެއް ކަމަށްވާ "ޕޮއްނިޔިން ސެލްވަން" ގެ އެއްވަނަ ބަޔާއި ދެވަނަ ބައިންނެވެ. ނަމަވެސް އަބިޝެކް ބައްޗަން އަންނަނީ ފިލްމުތަކާއި ސީރީސްތަކުގައި މަސައްކަތް ކުރުމުގެ އިތުރުން ތަފާތު އެކި ވިޔަފާރީގެ މަސައްކަތް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން