ކޮރޯނާވައިރަހާއި ގުޅިގެން ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް އެމެރިކާގެ ސަރުކާރުން ދޭ އިނާޔަތް ހޯދުމަށްޓަކައި 6.6 މިލިއަން މީހުން އެދިފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެމެރިކާގެ ތާރީޚުގައިވެސް ރިކޯޑު އަދަދަކަށް ވަޒީފާ ގެއްލުނު ކަމަށް ބުނާ 1982 ވަނަ އަހަރު ވެސް ވަޒީފާ ގެއްލިގެން ހުށައަޅާފައިވަނީ، 695000 މައްސަލައެވެ. ނިމިދިޔަ ހަފްތާގައި އެކަނިންވެސް ވަޒީފާ ގެއްލިގެން 3.3 މިލިއަން މައްސަލަވަނީ ހުށައަޅާފައެވެ. މިހެން ދިމާވެފައި މިވަނީ ވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި އެމެރިކާގެ ގިނަ ރެސްޓޯރަންޓްތަކާއި، ސިނަމާތަކާއި، ހޮޓާތަކާއި، ޖިމްތައް ބަންދުކޮށްފައިވާ ވާތީކަމަށް ރިޕޯޓްތައް ބުނެއެވެ.
އިނގިރޭސި ވިލާތުގައި 3 ދުވަސްތެރޭގައި 950000 މީހުން ވަޒީފާ ގެއްލިގެން މައްސަލަ ހުށައަޅާފައިވާއިރު، ސްޕެއިންގައިވެސް ވަޒީފާ ގެއްލިގެން ރިޕޯޓުކުރާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ހަމައެއާއިއެކު، ރާއްޖޭގެވެސް ގިނަ ރިސޯޓުތަކެއް ބަންދުކުރުމާއެކު، މުވައްޒަފުންނަށް ނޯޕޭ ލީވް ދީ ފޮނުވާލާލުމާއި ވަޒީފާއިން ވަކިކުރުމުގެ މައްސަލަ ތައް ވަނީ ފެންމަތިވާން ފަށާފައެވެ.
އެހެންކަމުން ކޮރޯނާވައިރަހަކީ މުޅި ދުނިޔެއަށް އިޤްތިޞާދީ ކާރިސާއަކަށް ވެދާނެކަމުގެ ބިރު ދުނިޔޭގެ މާލީ އިދާރަތަކުން ދަނި ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު